މި އޮގަސްޓު 15 އިގެ ކުރިން ބާއްވަން އިދިކޮޅު އެމްޑީޕީން މިދިޔަ އޭޕްރީލް މަހު ފާސްކުރި ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފާސްކޮށްފި އެވެ.
މި އޮގަސްޓު 15 އިގެ ކުރިން ބާއްވަން އިދިކޮޅު އެމްޑީޕީން މިދިޔަ އޭޕްރީލް މަހު ފާސްކުރި ކޮންގްރެސް އަންނަ އަހަރުގެ މެދުތެރެއަށް ފާސްކޮށްފި އެވެ.
އެ ގޮތަށް ފާސްކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ވޯޓުންނެވެ.
ވޯޓަށް އެހީ ހޯރަފުށީ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައި ތުޅާދޫ ދާއިރާގެ ރައީސް އަބްދުﷲ ސިރާޖު ތާއީދު ކުރެއްވި ހުށަހެޅުމަކަށެވެ. އެ ހުށަހެޅުއްވުމުގައި އޭނާ ހުށަހެޅުއްވީ ކައުންސިލް އިންތިހާބުގެ ފަހުން އަންނަ އަހަރުގެ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ.
އެކަމަކު، ކޮންގްރެސް އަށް ތައްޔާރުވުމަށްޓަކައި ހާއްސަ ކޮމިޓީއެއް ނަގައިގެން މަސައްކަތް ކުރުމަށް ސަލީމްގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: އެމްޑީޕީ
ކޮންގްރެސް ފަސްކުރުމާ ގުޅޭ މަޝްވަރާ މިހާ ފަހުން ގައުމީ މަޖިލިހާ ހިސާބަށް ގެނައުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ތާއީދު ކުރެއްވި އެއް ކަމަކީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ ކަމަށެވެ. އެކަމަކު، އަންނަ އަހަރުގެ މާޗު މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ކުރިން ކޮންގްރެސް ބޭއްވުން އެހާ ރަނގަޅު ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ކޮންގްރެސް ފަސްކުރުމާ ގުޅޭ މައްސަލަ ގެނައުން ލަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިދިޔަ މޭ މަހުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ކުރަމުން އައީ ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވާން ކަމަށެވެ. ކޮންގްރެސް ފަސްކުރުމާ ގުޅޭ ގޮތުން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ވެސް ރެއާ ހަމައަށް ނުބޭއްވުނީ އެފަދަ ސަބަބުތަކާ ހެދި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގެ ރިޔާސަތު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ބަލަހައްޓަވަނީ.---ފޮޓޯ: އެމްޑީޕީ
އޭނާ ވިދާޅުވީ، ޕާޓީގެ 20 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް އަންނަ އަހަރުގެ ޖޫން 26 އާ ހިސާބަށް ނިންމާލާއިރު ކޮންގްރެސްއެއް ބޭއްވިއްޖެ ނަަމަ އެއީ ވަރަށް މުނާސަބު ވަގުތަކަށް ވާނެ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް މި މަހުގެ 15 އިގެ ކުރިން ބާއްވަން މި އަހަރުގެ އޭޕްރީލް މަހު ފާސްކުރީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ގަދަވި ދުވަސްވަރެއްގަ އެވެ.
އެކަމަކު، ކައުންސިލް އިންތިހާބު ކުރިމަތީގައި އޮއްވައި ކޮންގްރެސްއެއް ބާއްވައި ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމައިފި ނަމަ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ފަހުން ވިދާޅުވާން ފެއްޓެވުމުން އެ ރޫހުގައި ވާހަކަތައް ބައްޓަން ވާން ފެށި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަނީ
ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ވަރުގަދަކުރަނީ
އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށް އާޒިމް
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
ރިޔާސީ އިންތިހާބުގެ ފެށުމަށް ދެ ޕާޓީގެ ބޮޑު ރެއެއް!
މިތިބީ ތާށީގައި، އެކަމަކު ވައުދު އެބަފުއްދަން: ނަޝީދު
އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ: އިބޫ
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ
ސިޔާސީ ހަރަކާތްތަކުން ދުރަކަށް ނުދަން: ނަޝީދު