30 ޖޫން 2018
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވި ނަމަވެސް، ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވި ނަމަވެސް، ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ މަންދޫބުންނާ ވީޑިއޯ މެދުވެރިކޮށް، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދީފާނެ ކަމާ މެދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ. އެހެންވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފުރުސަތު ދިނުމަށްޓަކައި ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނިންމެވީ ކަމަށް، ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މަސައްކަތް ކުރައްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ.
"އެހެންވީމާ، އަޅުގަނޑު އެދެނީ އަޅުގަނޑުގެ ބަދަލުގައި އެހެން ބޭފުޅަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މިވަގުތަށް ބަހަައްޓަން. ސިޔާސީ މަސައްކަތަކުން އަޅުގަނޑު ދުރަކަށް ނުޖެހެން. އެމްޑީޕީގެ ހަރަކާތްތަކުން ވެސް ދުރަކަށް ނުޖެހެން،" ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ވިދާޅުވި އެވެ.
މިހާރު، ސްރީ ލަންކާގައި ހުންނެވި ނަޝީދު ވިދާޅުވީ، އެމްޑީޕީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަށް ކާމިޔާބު ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާނެ އެކްޓިވިސްޓަކަށް އެމަނިކުފާނު ވާނެ ކަމެވެ.
"ވީ މިންވަރަކުން ކެންޑިޑޭޓަށް ކާމިޔާބު ހޯދައި ދިނުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވަން ނަޝީދު ނިންމެވިއިރު، ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސާނެ ކަމަށް ބެލެވެނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބު މި ބާއްވަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ އިސްވެރިން ހައްޔަރުކޮށް، ގާނޫނުއަސާސީ ގަޑުބަޑު ކޮށްފައިވާ ހާލަތެއްގައި ކަމަށެވެ. އަދި މިވަގުތު ދިވެހިން ނިންމުމަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ފަހު، ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ތަސައްވުރެއް އެމްޑީޕީގެ މެނިފެސްޓޯގައި ވާނެ ކަމަށެވެ. އެއީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ނުވަތަ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ކޮންގްރެސްގައި އާންމުކުރި އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލާފައި ވާނީ ގުޅިފައިވާ ސަރުކާރެއްގެ ސިފަތައް ހިމަނައިގެންނެވެ. އަދި ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ އަކީ މިސްރާބު ދައްކުވައިދޭ ސަމުގާ ކަމަށް ދެކިގެން މަސައްކަތް ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް ފަށައިފި
އެމްޑީޕީ ކޮންގްރެސް: އުކުޅަހަށް ބޮޑު އީދެއް
ސެޕްޓެމްބަރު މަހު ނަޝީދު ރާއްޖޭގައި ހުންނަވާނެ:ހަސަން
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
"ވަގު"ގޮފިތަކެއް ކަމަށް ވިދާޅުވުމުން ނަޝީދު ހޫނުފެނަށް