06 ނޮވެމްބަރ 2017
އަންނަ އަހަރު ސްކޫލުތަކުގެ މަތީ ގްރޭޑްތައް ގައުމީ މަންހަޖުގެ ދަށަށް ބަދަލު ކުރުމުން، ސެކަންޑަރީ ބައި ދެން ފެށޭނީ ގްރޭޑް ނުވަ އަކުންނެވެ. މިއީ ރާއްޖޭގެ ތައުލީމީ ނިޒާމަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ.
އަންނަ އަހަރު ސްކޫލުތަކުގެ މަތީ ގްރޭޑްތައް ގައުމީ މަންހަޖުގެ ދަށަށް ބަދަލު ކުރުމުން، ސެކަންޑަރީ ބައި ދެން ފެށޭނީ ގްރޭޑް ނުވަ އަކުންނެވެ. މިއީ ރާއްޖޭގެ ތައުލީމީ ނިޒާމަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ.
މީގެ ކުރިން ސެކަންޑަރީ ބައި ފެށެނީ ގްރޭޑް އަށަކުންނެވެ. އަދި ދަރިވަރުން ކިޔަވާނެ ސްޓްރީމެއް ވެސް ހިޔާރު ކުރަން ޖެހެނީ އެ ގްރޭޑުގަ އެވެ. އެކަމަކު އާ މަންހަޖުގެ ކީ ސްޓޭޖު ތިނެއްގައި، ގްރޭޑް އަށެއް ހިމެނުމާ އެކު ދަރިވަރުން ކިޔަވާ ބިޒްނަސް ސްްޓްރީމާއި ސައިންސް ސްޓްރީމް އަދި އާޓްސް ސްޓްރީމްގެ މާއްދާތައް ކިޔަވާނީ އެއްކޮށްލައިގެންނެވެ. އަދި ވަކި ސްޓްރީމެއް ކަނޑައަޅަން ޖެހޭނީ ގްރޭޑު ނުވައެއްގަ އެވެ.
އާ މަންހަޖަށް 2015 ގައި ކުރަން ފެށުމާ އެކު ފަހަރަކު ގްރޭޑެއް އަންނަނީ އެ މަންހަޖުގެ ތެރެއަށް ވައްދަމުންނެވެ. ސްކޫލު ތައުލީމު ފަސް ސްޓޭޖަކަށް ބަހާލާފައިވާއިރު، ކީ ސްޓޭޖު އެކެއްގައި ހިމެނެނީ ގްރޭޑް 1-3 އަށެވެ. ކީ ސްޓޭޖު ދޭއްގައި ގްރޭޑް 4-6 ހިމެނޭއިރު މި އަހަރު އަމަލު ކުރަން ފެށި ކީ ސްޓޭޖު ތިނެއްގައި ހިމެނެނީ ގްރޭޑު 7-8 އެވެ.
އެކަމަކު ކީ ސްޓޭޖު ތިނެއް މި އަހަރު ފެށި ނަމަވެސް، ގްރޭޑް އަށެއް އޭގެ ތެރޭގައި ނުހިމަނަ އެވެ. އޭގެ ސަބަބެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ގްރޭޑް ހަތަކާއި އަށެއް އެއް އަހަރެއްގައި އާ މަންހަޖުގައި ހިމަނައިގެން ކިޔަވައިދޭން ފަށައިފި ނަމަ ދަރިވަރުންނަށް އުނދަގޫވާނެތީ އެވެ. އެހެންކަމުން މި އަހަރު ހަތެއްގައި ކިިޔަވާފައި އަންނަ އަހަރު އަށަކަށް ބަދަލުވާ ދަރިވަރުން ތިބޭނީ އާ މަންހަޖަށް ފަރިތަވެފައި ކަމަށް، އެޑިޔުކޭޝަންގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
ސްޓޭޖު ހަތަރެއްގައި ހިމެނޭ ގްރޭޑް 9-10 އަށް ވެސް އަންނަ އަހަރު އަމަލު ކުރާނެ އެވެ.
އާ މަންހަޖުގެ ދަށުން ގްރޭޑު ހަތަކަށް މި އަހަރު އައި އެންމެ ބޮޑު ބަދަލަކީ ދަރިވަރުންގެ ފެންވަރު ވަޒަން ކުރާ ގޮތެވެ. އެގޮތުން ޓާމް ޓެސްޓުގެ ބަދަލުގައި ދަރިވަރުން ބޮޑަށް އެސެސް ކުރަނީ ފިލާވަޅު ނަގައިދޭ ގަޑީގަ އާއި ކްލާހާއި ގޭގައި ހަދަން ދޭ މަސައްކަތާއި ޕްރޮޖެކްޓުތަކުންނެވެ.
މި ބަދަލު އަންނަ އަހަރު ގްރޭޑް އަށަކުން ވެސް ފެންނާނެ އެވެ. ގްރޭޑް ހަތަކާއި އަށެއްގައި އެއް ފޮތްތަކެއް ކިޔަވައިދޭއިރު އޭގެ ތެރެއަށް ސައިންސް ސްޓަޑީޒް އާއި ބިޒްނަސް ސްޓަޑީޒް ވަނީ އިތުރުކޮށްފަ އެވެ. މި މާއްދާތަކުގެ ސަބަބުން، ގްރޭޑް ނުވައެއްގައި ދަރިވަރުން ވަކި ސްޓްރީމެއް ހިޔާރު ކުރަން ފަސޭހަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކެ އެވެ.
"ބިޒްނަސް އަދި ސައިންސްގެ މާއްދާތައް ކިޔަވައިދޭން މި ފަށަނީ ކުރިން ގްރޭޑް އަށެއްގައި. އެކަމަކު ސްޓްރީމެއް އިހުތިޔާރުކުރުގެ ކުރިން ދަރިވަރުންނަށް އެނގެން އެބަ ޖެހޭ އެ ސްޓްރީމްތަކުގެ ބޭސިކް. އޭރުން ކުރިއަށް ދާން ބޭނުންވާ ސްޓްރީމެއް ޗޫސް ކުރަން ފަސޭހަ ވެގެންދާނެ،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ސިލަބަސް ކަވަރުކުރަން ސްކޫލްތަކުން ވަގުތު އިތުރުކޮށްފި
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ސްކޫލް ބޮޑު ޗުއްޓީގެ ބޭނުން ނުހިފި ބޭކާރު!
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ