05 ނޮވެމްބަރ 2017
ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން އަމާޒު ހިފައިފި އެވެ.
ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން އަމާޒު ހިފައިފި އެވެ.
"ލޯޑް އޮދް ދަ ރިންގްސް" ގެ ރައިޓްސް އޮތް ވާނާ ބްރަދާޒް އާއި އެމެޒޯން ސްޓޫޑިއޯ އިން މިހާރު އަންނަނީ މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.
މީގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވެ އެވެ. އެއީ ފެލޯޝޮފް އޮފް ދަ ރިންގްސް (2001)، ދަ ޓޫ ޓަވާޒް (2002) އަދި ދަ ރިޓާން އޮފް ދަ ކިންގް (2003) އެވެ. މި ފިލްމްތަކަށް ބޮކްސް އޮފީހުގައި ޖުމްލަ 2.917 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
މީގެ އިތުރުން "ހޮބިޓް" ގެ ނަމުގައި މި ސިރީޒްގެ އިތުރުން ތިން ފިލްމެއް "ލޯޑް އޮފް ދަ ރިންގްސް" ގެ ޕްރިއެކްއެލްތަކެއްގެ ގޮތުގައި ވެސް ޕީޓާ ގެނެސް ދިނެވެ. އެއީ އޭން އަންއެކްސްޕެކްޓެޑް ޖާނީ (2012)، ދަ ޑިޒޮލޭޝަން އޮފް ސްމޯގް (2013) އަދި ދަ ބެޓްލް އޮފް ދަ ފައިވް އާމީޒް (2014) އެވެ. މި ފިލްމްތަކަށް 2.932 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
އެމެޒޯން ސްޓޫޑިއޯގެ ސީއީއޯ އަދި އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގައި ހިމެނޭ ޖެފް ބެޒޯ ބުނީ "ލޯޑް އޮފް ދަ ރިންގްސް" ޓީވީ ސިލްސިލާއަކަށް އެޑަޕްޓް ކުރަން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، މި ވަގުތަށް އަދި އެއްވެސް ތަފުސީލަކާ ހަމައަށް ދެވެން ނެތް ކަމަށެވެ.
"މަޝްވަރާތަކުގެ ވަރަށް ކުރީކޮޅުގައި އަދި އަހަރެމެން މި އުޅެނީ. އެހެންވެ އަދި މުޅިން އެންމެ ފަހުގެ ނިންމުމަކާ ހަމައަކަށް ނާދެވޭ،" އޭނާ ބުންޏެވެ.
ނަމަވެސް އެމެޒޯން އިން ބުނީ ސިލްސިލާއެއްގެ ގޮތުގައި "ލޯޑް އޮފް ދަ ރިންގްސް" ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމުގެ ފުރުސަތު ލިބުމުގެ އުންމީދު ބޮޑު ކަމަށެވެ.
"ލޯޑް އޮފް ރިންގްސް" ވަރުގަދަކޮށްލާ ސީރީޒަށް ތައްޔާރު
ލޯޑް އޮފް ދަ ރިންގްސް ސީރީޒް ނިއުޒިލެންޑުން ޔޫކޭއަށް
"ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒަށް ތާރީހެއް
"ލޯޑް އޮފް ދަ ރިންގްސް" ސީރީޒަށް ޑައިރެކްޓަރެއް
"ލޯޑް އޮފް ދަ ރިންގްސް"ގެ އާ ފިލްމެއް ގެނެސްދެނީ
"ދަ ބޯއިސް"ގެ ސްޕިން-އޮފްގެ ޓްރެއިލާ ނެރެފި
"ލޯޑް އޮފް ދަ ރިންގްސް" ގެ އާ ފިލްމުތަކެއް ނެރެނީ
"ދަ ބޯއިސް"ގެ އާ ސީޒަން ވަރުދަގަކޮށްލަނީ
ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު
ޑައިރެކްޓަރު ޕީޓާ ޖެކްސަން ބިލިއަނަރަކަށް