14 މާޗް 2022
އެމަޒަން ޕްރައިމް ވީޑިއޯގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ "ދަ ބޯއިސް" ގެ ތިން ވަނަ ސީޒަންގެ މަންޒަރުތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
އެމަޒަން ޕްރައިމް ވީޑިއޯގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ "ދަ ބޯއިސް" ގެ ތިން ވަނަ ސީޒަންގެ މަންޒަރުތަކެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
ލިބިފައިވާ އާދަޔާ ހިލާފު ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ސުޕަހީރޯސްތަކެއް އުޅޭ "ދަ ބޯއިސް" އާ ސީޒަނަކަށް ތައްޔާރުވާއިރު، އެ ސީޒަންގައި އެންމެ ހާއްސަ ކަމަކަށް ވާނީ ކާސްޓާ އަލަށް ގުޅޭ، "ސުޕަނެޗުރަލް" ގައި އުޅުނު ޖެންސެން އެކްލްސް އެވެ. އޭނާ ކުޅޭނީ ސޯލްޖާ ބޯއީ (ކެޕްޓަން އެމެރިކާ) ގެ ރޯލެވެ.
ޖެންސެންއާ އެކު، "ސުޕަނެޗުރަލް" ގެ އުފެއްދުންތެރިޔާ އެރިކް ކްރިޕްކޭ ވެސް މި ސީރީޒާ ގުޅެ އެވެ.
ފުރަތަމަ ޓްރެއިލާގައި ސޯލްޖާ ބޯއީ އާއި އާ ސީޒަންގެ ދެވަނަ އާ ކެރެކްޓާ ކްރިމްސަން ކައުންޓްނެސް (ސްކާލެޓް ވިޗް) ގެ މަންޒަރުތަކެއް ވެސް ފެނެ އެވެ. އަދި ބުޗާ އަށް ލިބޭ އާދަޔާ ހިލާފު ބާރު ވެސް ވާނީ އާ ސީޒަންގައި ވަރަށް ޝައުގުވެރިވާނެ ކަމަކަށެވެ.
އާ ސީޒަން ޕްރިމިއާކުރާނީ އަންނަ ޖޫން މަހު ތިނެއްގަ އެވެ.
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް