Roadha Mihaaru
ޕެރަޑައިސް ރިސޯޓު ޕޫލަށް ގެނބި ޓޫރިސްޓަކު މަރުވެއްޖެ

ޕެރަޑައިސް ރިސޯޓު ޕޫލަށް ގެނބިގެން ޓޫރިސްޓަކު މަރުވެއްޖެ

31 އޮކްޓޯބަރ 2017

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޕޫލަށް ގެނބިގެން ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޕޫލަށް ގެނބިގެން ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު 11 ޖަހާކަން ހާއިރު ހިނގި ހާދިސާގައި ގެނބިގެން މަރުވީ 54 އަހަރުގެ ޗައިނާ އަންހެނެކެވެ. އޭނާ އަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ވެ އެވެ.

މިދިޔަ ހޯމަ ދުވަހު ހުވަފެންފުށި ރިސޯޓްގައި ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓިގެން ވެސް ވަނީ މަރުވެފަ އެވެ. މަރުވީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ދިޔަ ޓޫރިސްޓެއްގެ ދަރިފުޅެވެ.