Roadha Mihaaru
ޕެރަޑައިސް ރިސޯޓްގެ މޫދުގައި ޓޫރިސްޓަކު މަރުވެއްޖެ

ޕެރަޑައިސް ރިސޯޓްގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު މަރުވެއްޖެ

19 ޖެނުއަރީ 2019

ޕެރަޑައިސް އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ޓޫރިސްޓަކު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕެރަޑައިސް އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ޓޫރިސްޓަކު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި އޮތީ މޫދުގައި ކަމަށް ފުލުހުން ބުނެ އެވެ. މިހާރު އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހު ވެސް ވަނީ ޕެރަޑައިސް ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް 10 ޓޫރިސްޓުންނާއި ތިން ރިސޯޓު މުވައްޒަފަކު މަރުވެފައިވާ އިރު ޓޫރިސްޓުންގެ ގިނަ ބަޔަކު މަރުވެފައި ވަނީ ހިތާމަވެރި ހާދިސާތަކުގަ އެވެ. އޭގެ ތެރޭގައި ގެނބުން ފަދަ ހާދިސާތައް ހިމެނެ އެވެ.