Roadha Mihaaru
ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

16 ޖެނުއަރީ 2019

ޕެރަޑައިސް ރިސޯޓުގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓް އަންހެނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕެރަޑައިސް ރިސޯޓުގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓް އަންހެނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕެރަޑައިސްގައި ގެނބުނު 66 އަހަރުގެ ކޮރެއާ އަންހެން މީހާ 5:00 ޖަހާހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ކަމެއް ނުވަތަ ފަރުވާ ދެމުން ދަނިކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މިފަހަކަށް އައިސް ގެނބިގެން މަރުވާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މި ހަފުތާގައި ވެސް ހަނީމޫނަށް ފިލިޕީންސުން ރާއްޖެ އައި ދެމަފިރި އަކު ވަނީ ސްނޯކްލިނަށް ގޮސް އުޅުމުގެ ތެރޭގައި މަރުވެފަ އެވެ.