Roadha Mihaaru
މީދުއްޕަރުގައި ސްނޯކްލިނަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

މީދުއްޕަރުގައި ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

10 ޖެނުއަރީ 2018

ރ. މީދުއްޕަރު ރިސޯޓްގައި ސްނޯކްލިނަށް ގޮސް އުޅުނު ޓޫރިސްޓަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. މީދުއްޕަރު ރިސޯޓްގައި ސްނޯކްލިނަށް ގޮސް އުޅުނު ޓޫރިސްޓަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ސްނޯކްލިނަށް ގޮސް އުޅެނިކޮށް މަރުވީ ޖަރުމަނުގެ 62 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ހާދިސާގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ކުރަމަތި ރިސޯޓުގެ މޫދަށް އެރި ޗައިނާ ޓޫރިސްޓަކު މިިދިޔަ އާދިއްތަ ދުވަހު މަރުވިއިރު ސަފާރީއަކުން މޫދަށް ފުންމާލި ލަންކާ މީހަކު ވެސް ވަރަށް ފަހުން މަރުވެފައި ވެ އެވެ.