26 އޮކްޓޯބަރ 2017
ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑުކުރި ވަކީލުންގެ ތެެރެއިން އަށް ވަކީލެއްގެ ސަސްޕެންޝަން އިއްޔެ އުވާލައިފި އެވެ.
ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑުކުރި ވަކީލުންގެ ތެެރެއިން އަށް ވަކީލެއްގެ ސަސްޕެންޝަން އިއްޔެ އުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނެއްގައި ބުނީ މިދިޔަ މަހުގެ 10 އިން ފެށިގެން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ވަކީލުންގެ ތެރެއިން މި އަށް ވަކީލުންގެ ސަސްޕެންޝަން އުވާލީ އެ މީހުންނާ ގުޅޭ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ޑީޖޭއޭ އިން ނުދެ އެވެ.
ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދުގެ އަދީބުގެ ވަކީލު މޫސާ ސިރާޖާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަސްތޫރު ހުސްނީ އާއި އަހުމަދު އަބްދުﷲ އަފީފް ހިމެނެ އެވެ. ދެން ހިމެނެނީ އަބްދުﷲ ހުސެއިން، ރުޝްދުﷲ އިބްރާހިމް، މުހައްމަދު ފަރީދު، ސަފްއަތު ހަބީބު އަދި ހަސަން ވަހީދެވެ.
ޑީޖޭއޭ އިން އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ 54 ވަކީލެކެވެ. އޭގެ ތެރެއިން 29 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ. އެހެންވެ، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް މިހާރު ސަސްޕެންޝަންގައި ތިބޭނީ 17 ވަކީލެކެވެ.
މީގެތެރެއިން ގިނަ ވަކީލުންނަކީ ސިޔާސީ އެކި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މިއީ ރާއްޖޭގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.
އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން އެ ނިންމުމަަށް ކުރީ ތައުރީފެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފަ އެވެ.
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ
އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި
އަލީ ޒާހިރާއި ދެ ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
ވަކީލު ހައްސާންގެ ސަސްޕެންޝަން ވެސް އުވާލައިފި
ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި
ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި