30 ސެޕްޓެމްބަރ 2017
ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކުރި ވަކީލުންގެ ތެެރެއިން އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މައްސަލާގައި ސަސްޕެންޑު ކުރި ވަކީލުންގެ ތެެރެއިން އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނެއްގައި ބުނީ ސަސްޕެންޝަން އުވާލި ވަކީލުންނަށް މިއަދުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އެ ވަކީލުންގެ ސަސްޕެންޝަން އުވާލީ އެމީހުންނާ ގުޅޭ މައްސަލަ ބެލުމަށް ފަހު ކަމަށް ވެސް އެތަނުން ބުންޏެވެ.
ސަސްޕެންޝަން އުވާލި ވަކީލުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮއްކޯފުޅު އަދި ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ސަފާ ޝަރީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ 54 ވަކީލެކެވެ. އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ. އެހެންވެ، މިހާރު ސަސްޕެންޝަންގައި ތިބޭނީ 25 ވަކީލެކެވެ.
ގިނަ ވަކީލުންނަކީ ސިޔާސީ ބޮޑެތި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މި ސަސްޕެންޝަން ދެމިއޮތްހާ ހިނދަކު މިއިން އެއްވެސް ބޭފުޅަކަށް ކޯޓަށް ވަޑައިގެން ދެން ވަކާލާތެއް ނުކުރެއްވޭނެ އެވެ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.
އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ވަނީ އެ ނިިންމުމަށް ތައުރީފްކޮށްފަ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން ދިން ލިސްޓް ބާ ކައުންސިލް ގާނޫނާހިލާފު
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ
އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި
އަލީ ޒާހިރާއި ދެ ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
ވަކީލު ހައްސާންގެ ސަސްޕެންޝަން ވެސް އުވާލައިފި