01 ޖުލައި 2019
ބާ ކައުންސިލް އެކުލަވައިލަން ބާއްވާ އިންތިހާބުގައި ބޭނުންކުރުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ވަކީލުންގެ ލިސްޓު، ބާ ކައުންސިލްގެ ގާނޫނާ ހިލާފުކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ބާ ކައުންސިލް އެކުލަވައިލަން ބާއްވާ އިންތިހާބުގައި ބޭނުންކުރުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ވަކީލުންގެ ލިސްޓު، ބާ ކައުންސިލްގެ ގާނޫނާ ހިލާފުކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރެއްވި ގާނޫނީ ފަންނުގެ ބިލާއެކު އުފައްދަންޖެހޭ ބާ ކައުންސިލްގެ އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް އީސީން ވަނީ ފަށައިފަ އެވެ. އެ އިންތިޚާބު ބާއްވާނެ ތާރީހެއް މިއަދު އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ.
އެނގިފައިވާ ގޮތުގައި، ބާ ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް ވުމަށް ވަކީލުންގެ ލިސްޓު ހޯދަން އީސީން ސުޕްރީމް ކޯޓުގައި އެދުނީ މިިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެންވެ އިއްޔެ އީސީ އަށް ފޮނުވި ލިސްޓުގައި، ގާނޫނުގައި ބުނާ ބައެއް މައުލޫމާތުތައް މަދު ކަމަށްވެ އެވެ. އޭގެ ތެރޭގައި ވަކީލުންގެ އައިޑީކާޑު ނަމްބަރު ފަދަ އަސާސީ ބައެއް މައުލޫމާތު ނެތެވެ.
އެކަމާ ގުޅިގެން އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓުން ފޮނުވި ލިސްޓުގައި، ގާނޫނުގައި ބުނާ ބައެއް މައުލޫމާތުތައް މަދުވުމުން، އެ މައުލޫމާތު ހިމަނައިގެން އަލުން ފޮނުވަން އެ ކޯޓުގައި މިއަދު އެދިފައިވާ ކަމަށެވެ.
ގާނޫނީ ފަންނުގެ ބިލް ގާނޫނަކަށް ވުމާ އެކު، ވަކީލުން ރެގިއުލޭޓް ކުރުމާއި އެ މީހުންނަށް ހުއްދަ ދިނުމުގެ ކަންކަން ދެން ކުރާނީ ބާ ކައުންސިލުންނެވެ. މިހާރު ވަކީލުންގެ ދަފްތަރު ބެލެހެއްޓުމާއި ވަކީލުކަމުގެ ހުއްދަ ދެމުން އަންނަނީ ސުޕްރީމް ކޯޓުންނެވެ.
އެ ގާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބުކުރާ ބާ ކައުންސިލްގެ މެމްބަރުން ހޮވުމަށް، ބިލް ތަސްދީގުކުރި ދުވަހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ. ބާ ކައުންސިލްގައި ތިއްބަވާނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބު އަދި އިތުރު ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިޚާބުކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"
ބާ ކައުންސިލް އިންތިޚާބުގެ އުސޫލަށް ބަދަލު ގެނެސްފި
ބާ ކައުންސިލް އިންތިޚާބުގެ ބަޖެޓަކީ 1.2 މިލިއަން
ބާކައުންސިލް އިންތިޚާބު އޮންނަ ތާރީހު އަންނަ ހަފުތާގައި
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް
ބޮޑު ދެ ގާނޫނާ ގުޅިގެން ވަކީލުންނަށް ހާއްސަ ފޯރަމެއް
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ