މިހާރު ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަކީ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި އެކަމާ މެދު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް އިއްޔެ ސިޓީއެއް ފޮނުއްވައިފި އެވެ.
މިހާރު ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަކީ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި އެކަމާ މެދު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް އިއްޔެ ސިޓީއެއް ފޮނުއްވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު މަގާމުން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އިއްޔެ ނިންމީ އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ މައްސަލަ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ ޑްރާފްޓު ކުރި މަޖިލިހުގެ ކޮމިޓީގެ މުގައްރިރުގެ މަގާމު ވެސް ފުރުއްވި އިބްރާގެ ސިޓީގައި ވަރަށް ގިނަ ކަންކަން މަޖިލިހުގެ މެމްބަރުންގެ ސަމާލުކަމަށް ގެންނެވި އެވެ.
އިބްރާ ފާހަގަކުރެއްވި އެއް ކަމަކީ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހުން ބަލާއިރު، އެ ދެ ބޭފުޅުން ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރު ކުރައްވައި މައުލޫމާތު ސާފުކުރެއްވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ.
"އެހެނީ އެ ފަނޑިޔާރުންގެ މުހިންމު އެއް ޝަކުވާއަކީ ދިފާއު ވުމުގެ ހަމަތަކުން ކޮމިޝަން އެއްކިބާ ވެފައި ވުމެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެއްފަހަރާ ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވުމުގެ ކުރީގައި އެ ފަނޑިޔާރުންގެ ބަސް މަޖިލީހަށް ހޯއްދެވުމަކީ ކޮންމެހެން ކުރަން ވާނޭ ކަމެއް ކަމަށް ދެކެމެވެ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނަމަ މަޖިލިހުގެ ކޮމިޓީން ފުރަތަމަ ބަލަން ޖެހޭނީ ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލަ އެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބަލައި މަގާމުން ވަކިކުރުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު.
"އެކީ އެއްފަހަރާ ތިން ފަނޑިޔާރުންގެ މައްސަލައި، ވަކިކުރާން ނިންމުމަކީ ބުއްދި ހައިރާން ކުރުވަނިވި ކަމެއް ނޫންތޯ އެވެ؟ އެ ކޯޓަކީ ގާނޫނުއަސާސީ ރައްކާތެރި ކުރުމަށް އޮތް އެންމެ މަތީ ފަރާތެވެ. އެ ކޯޓުގެ ފަނޑިޔާރުން ބައްލަވާ މައްސަލައަކާ ގުޅިގެން ތިން ފަނޑިޔާރުން އެއްފަހަރާ މަގާމުން ވަކިކުރެވޭ ކަމަށްވާ ނަމަ ދެން ރައްކާތެރިކަމެއް އޮތީ ކާކަށް ކޮން ކަމެއްގައިތޯ އެވެ؟" އިބްރާގެ ސިޓީގެ ސުވާލު ކުރައްވާފައި ވެ އެވެ.
އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުން ދިރާސާ ކުރުމުގައި މައިގަނޑު ދެ ކަމަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ފުރަތަމަ ކަމެއް ކަމަށް އިބްރާ ފާހަގަކުރެއްވީ ޖޭއެސްސީން އެ މައްސަލާގައި އަމަލުކުރީ ހެޔޮ ނިޔަތެއްގައި ތޯ އާއި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރިތޯ އެވެ.
"ދެވަނަ ކަމަކީ މައްސަލައިގެ ނިންމުން ނިންމާފައި ވަނީ ކޮމިޝަންގެ ކުރިމައްޗަށް ހުށަހަޅުނު ހެކިތައް ރަނގަޅަށް ވަޒަން ކުރައްވައި، ގާނޫނީ އުސޫލުތައް ތަތްބީގާ ކުރައްވައިގެންތޯ އާއި މި ދެ ކަންތަކުގެ އަލީގައި ކޮމިޝަންގެ ނިންމުން ރަނގަޅުތޯ އެވެ،" އިބްރާ ވިދާޅުވި އެވެ.
އެހެނީ އެ ފަނޑިޔާރުންގެ މުހިންމު އެއް ޝަކުވާއަކީ ދިފާއު ވުމުގެ ހަމަތަކުން ކޮމިޝަން އެއްކިބާ ވެފައި ވުމެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެއްފަހަރާ ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވުމުގެ ކުރީގައި އެ ފަނޑިޔާރުންގެ ބަސް މަޖިލީހަށް ހޯއްދެވުމަކީ ކޮންމެހެން ކުރަން ވާނޭ ކަމެއް ކަމަށް ދެކެމެވެ،"--- އިބްރާ
އެ ދެ ކަންތަކަށް ރިއާޔަތް ކުރަން ޖެހޭ ސަބަބަކީ އޭނާ ވިދާޅުވިގޮތުގައި ފަނޑިޔާރަކު ވަކިކުރުމަކީ ފަނޑިޔާރެއްގެ ސުލޫކާ ގުޅޭ ތައުދީބީ އަދަބުތަކުގެ ތެރެއިން އެންމެ މަތީ އަަދަބު ކަމަށް ވާތީ އެވެ.
"ހަމަ އެހެންމެ ފަނޑިޔާރެއްގެ މައްސަލައެއް ބެލުމުގެ އިޖުރާއަތުތައް ބަޔާން ކޮށްފައި އޮންނައިރު، އެ އިޖުރާއަތުތައް ހިންގެނީ 'ކުއްސި ކޯޓެއްގެ' ސިފައިގަ އެވެ. އެހެންކަމުން އެފަދަ މައްސަލައެއްގައި އިޖުރާއަތުތައް ފުރިހަމަވެފައި ވުމާއި އަދުލު އިންސާފުގެ އަސާސީ ހަމަތަކުން އަމަލު ކުރެވިފައި އޮތުމަކީ އެންމެ ފުރަތަމަ ޝަރުތެވެ. އެކަން ފުރިހަމަ ނުވާ ނަމަ ނިންމުމަށް ބަލާކަށް ނުޖެހޭނެ އެވެ،" އިބްރާ ފާހަގަކުރައްވާފައި ވެ އެވެ.
"އެއަށް ފަހު ރަނގަޅު އިޖުރާއަތުން ކަން ކޮށްފައި އޮތް ނަމަވެސް ހެކިތަކުން މައްސަލަ ސާބިތު ކުރެވޭތޯ އާއި ކަނޑައެޅޭ އަދަބަކީ ސާބިތުވި ކުށާ އެކަށީގެންވާ އަދަބެއްތޯ ވެސް ބަލާލަން ޖެހެ އެވެ."
އެ ހުރިހާ ކަންބޮޑުވުމާ އެކު، އިބްރާ ވިދާޅުވިގޮތުގައި، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރުމުގައި ޖޭއެސްސީން އަމަލު ކޮށްފައި ވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށެވެ. އެހެންވެ، އޭނާ ދެކެވަޑައިގަންނަވަނީ އެ ކޮމިޝަންގެ މެމްބަރުން މި މައްސަލާގައި އަމަލު ކޮށްފައި ވަނީ ސުލޫކުން ބޭރުން އަދި ހެޔޮނިޔަތެއް ނެތި އެވެ.
"ގާނޫނުން ބަޔާންކުރާ ސުލޫކުން ބޭރުގައި ކޮށްފައިވާ އެއްވެސް ކަމަކީ ގާނޫނީ ބާރު އޮންނާނޭ ކަމެއް ނޫން ކަން މި ހިދުގައި ފާހަގަކުރަމެވެ،" އިބްރާ ވިދާޅުވި އެވެ.
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ދެފަހަރަށް ތާވަލްކުރުމަށް ފަހު ކޮމިޓީ ކެންސަލް!
ކޮމިޓީއަށް ހާޒިރުކުރަން ނިންމާނީ ދިރާސާކޮށްފައި
ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދެފި
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި