26 އޮކްޓޯބަރ 2017
ޑައިރެކްޝަނަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި ކޮންމެވެސް ދުވަހަކުން ފިލްމެއް ޑައިރެކްޓް ކުރުމުގެ ވިސްނުން އެބަހުރި ކަމަށް "ޓައިޓޭނިކް" ފަދަ މޮޅެތި ފިލްމްތައް ކުޅެފައިވާ އިނގިރޭސިވިލާތުގެ ބަތަލާ ކޭޓް ވިންސްލެޓް ބުނެފި އެވެ.
ޑައިރެކްޝަނަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި ކޮންމެވެސް ދުވަހަކުން ފިލްމެއް ޑައިރެކްޓް ކުރުމުގެ ވިސްނުން އެބަހުރި ކަމަށް "ޓައިޓޭނިކް" ފަދަ މޮޅެތި ފިލްމްތައް ކުޅެފައިވާ އިނގިރޭސިވިލާތުގެ ބަތަލާ ކޭޓް ވިންސްލެޓް ބުނެފި އެވެ.
ދެހާސް އަށް ވަނަ އަހަރު ކުޅުނު "ދަ ރީޑާ" އިން އޮސްކާ ވެސް ހާސިލްކޮށްފައިވާ ބަތަލާ "ވެރައިޓީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ ޑައިރެކްޝަނެއް ނަހަދަނީ ކީއްވެތޯ ވަރަށް ގިނަ މީހުން ސުވާލުކުރާ ކަމަށެވެ.
"އަހަރެން ބޭނުން ޑައިރެކްޓް ކުރަން. އެކަމަކު އެކަމަށް އަހަރެންގެ ގާބިލްކަން ހުރީ ކިހާ ވަރަކަށް ކަމެއް އަމިއްލައަކަށް ބުނާކަށް ނޭނގޭ. ވަރަށް ގިނަ މީހުން އަހާ ސުވާލެއް ކީއްވެހޭ ފިލްމެއް ޑައިރެކްޓް ނުކުރަނީ. ހާއްސަކޮށް އެކުގައި މަސައްކަތް ކުރެވުނު ކްރިއޭޓިވް ވަރަށް ގިނަ މީހުން ސުވާލު ތަކުރާރުކޮށް އަހާ،" ތިން ކުދިން ތިބި 42 އަހަރުގެ ކޭޓް ބުންޏެވެ.
އޭނާ ބުނީ އެކްޓަރުންނާ އެކު މަސައްކަތްކުރަން އަބަދުވެސް ލޯބިކުރާ ކަމަށެވެ.
"އެއް ފަހަރަކު ޑައިރެކްޓަރު ވެސް އަހަންނާ ދިމާލަށް ބުނީ ތިޔަ ވިސްނަނީ ޑައިރެޓަރަކު ވިސްނާ ގޮތަށޭ. އަދި އެކުގައި މަސައްކަތްކޮށްލެވުނު ބައެއް ސިނަމަޓޮގްރާފަރުން ވެސް އެބަހުރި ހަމަ އެ ގޮތަށް ވާހަކަ ބުނެފައި،" ކޭޓް ބުންޏެވެ.
އޭނާ ބުނީ ޑައިރެކްޝަނަށް ޝައުގު ހުއްޓަސް އެކްޓްކުރުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެއީ އޭނާ ވަރަށް ލޯބިވާ މަސައްކަތެއް ކަމަށް ބުންޏެވެ.
"ޓައިޓޭނިކް" ގެ ތަޖުރިބާއާ ބެހޭ ގޮތުން ކޭޓް ބުނީ އެ ފިލްމް ކުޅުނު އިރު، އެއީ އެހާ ވަރުގަދަ އަދި ތާރީހުގެ ތެރެއިން ޖާގަ ހޯދާނެ ފިލްމެއް ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އެކަމަކު މިއަދު އެ ފިލްމަށް 20 އަހަރުވީ އިރު، އޭގެ މަތިން އެތައް ބަޔަކު އަދިވެސް ހަނދާން ކުރާކަން އެއީ ޝަރަފެއް ކަމަށް ބުންޏެވެ.
ކޭޓް ބުނީ "ޓައިޓޭނިކް" ގެ ބަތަލު ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ވެސް މަސައްކަތްކޮށްލަން އަދި ބޭނުންވާ ކަމަށެވެ. ކޭޓަަށް މިހާރު ވަނީ 20 އަހަރު ފަހުން "ޓައިޓޭނިކް" ޑައިރެކްޓަރު ޖޭމްސް ކެމެރެންއާ އެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. އެގޮތުން އޭނާ މިހާރު ހަދަމުން އަންނަ "އެވެޓާ" ގެ ސީކްއެލްތަކުން ކޭޓް ފެންނާނެ އެވެ.
ކޭޓް ބުނީ އޭނާ ކުޅުނު ފިލްމްތަކުގެ ތެރެއިން އެއް ފަހަރަށް ވުރެ ގިނައިން ބެލުނު ފިލްމަކީ 2004 ގައި ކުޅުނު "އެޓާނަލް ސަންޝައިން އޮފް ދަ ސްޕޮޓްލެސް މައިންޑް" ކަމަށެވެ.
"އެ ނޫނީ އަހަރެން ދަރިންނާ އެކު އިނދެގެން އެއްވެސް ކަންބޮޑުވުމެއް ނެތި ބެލޭނެ ފިލްމެއް ނެތް،" އޭނާ ބުންޏެވެ. "މަގޭ ދަރިންނަށް ވަރަށް ކަމުދާ ފިލްމެއް އެއީ."
ކޭޓްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނީ ވުޑީ އެލެން ޑައިރެކްޓްކޮށް ޑިސެމްބަރު އެކެއްގައި ރިލީޒް ކުރާ "ވޮންޑަ ވީލް" އެވެ. އެ ފިލްމްގައި ކޭޓް ފެނިގެން ދާނީ ޖަސްޓިން ޓިމްބަލޭކާއި ޖިމް ބެލުޗީއާ އެކުގަ އެވެ.
ކޭޓް އެންމެ ފަހުން ފެނުނީ އިދްރީސް އެލްބާއާ އެކު ސެޕްޓެމްބަރުގައި ރިލީޒް ކުރި "ދަ މައުންޓެއިން ބިޓްވީން އަސް" އިންނެވެ.
ރޯޒް ސަލާމަތްކޮށްދިން ދޮރު 700،000 ޑޮލަރަށް
"ދަ ސިކްސް" އަކީ ޓައިޓޭނިކްގެ ސޮފުހާތަކެއް
ޓައިޓެނިކް ދޫކޮށްލެވުނީތީ ދެރައެއް ނުވޭ: ކްލެއާ ޑޭންސް
"ޓައިޓޭނިކް" ކުޅެން ލިއޮނާޑޯ އަށް ހިތްވަރު ދިނިން: ޕޯލް
ކުޅެވޭނީ ފަލަ އަންހެނެއްގެ ރޯލު ކަމަށް ބުނި: ޚޭޓް
ލިއޮނާޑޯ އާއި އަބޭ ގުޅިގެން ފިލްމެއް ހަދަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
"އެވަޓާ" ގެ ސީކްއެލްތަކުން ވިން ޑީޒެލް ފެންނާނެ
ކޭޓްގެ އަންހެން ދަރިފުޅު ވެސް ފިލްމު ކުޅެނީ
ނޭވާ ނުލައި ހަތް މިނެޓް އޮވެ ވިންސްލެޓަށް ރެކޯޑެއް