24 އޮކްޓޯބަރ 2017
ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އިން ދޭ އަހަރުގެ އެންމެ އުފެއްދުންތެރި ކުންފުނީގެ އެވޯޑާއި އެންމެ މޮޅު އާ ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އިން ދޭ އަހަރުގެ އެންމެ އުފެއްދުންތެރި ކުންފުނީގެ އެވޯޑާއި އެންމެ މޮޅު އާ ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިން މިއަދު ބުނީ އަހަރުގެ އެންމެ އުފެއްދުންތެރި ކުންފުނި (2،500 މުވައްޒަފުންނާ ހަމައަށް) އަދި އަހަރުގެ އެންމެ މޮޅު އާ ހިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާ)ގެ ގިންތިން އެމް-ފައިސާއަށް ދެ ބްރޯންޒް އެވޯޑް ލިބުނު ކަމަށެވެ.
ސްޓީވީ އެވޯޑްގެ ހައްގުވެރިން ހޮވުމަށް 21 ފަނޑިޔާރުންނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އެގްޒެކެޓިވުން ބައިވެރިވިއިރު، 60 އަށްވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3،900 އަށްވުރެ ގިނަ ކުންފުނި ނޮމިނޭޓްކޮށްފައިވެ އެވެ. 14 ވަނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް ދިނުމުގެ ހަފުލާ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ސްޕެއިންގެ ބާސެލޯނާގަ އެވެ. އެ އިނާމާ އެ ކުންފުނީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރު ސޮމެން ޑޭ އާއި އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރެވެ.
އެ އެވޯޑުތައް ލިބުމުގެ އުފަލުގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބަލައިގަތުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާ ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ހިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ހިދުމަތެއް. މި ހިދުމަތް ކުރިއަރަމުންދާ ދުވެއްޔާއި މެދު އަޅުގަނޑުމެން ނުހަނު އުފާކުރަން. އަދި މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ނަޖީބް ޚާން ވިދާޅުވި އެވެ. "ދިވެހިރާއްޖެއަށް އާ ހިދުމަތެއް ތައާރަފްކުރި ކަމުގައިވިޔަސް ނުވަތަ އަޅުގަނޑުމެންގެ 4G ޕްލަސް ނެޓްވޯކް އެންމެ 17 ދުވަސްތެރޭ ފުރިހަމަކުރުން ކަމުގައިވިޔަސް، އިޖުތިމާއީ ކުރިއެރުމަށް ލިބޭ ކޮންމެ ފުރުސަތަކާއިއެކު އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ހިތްވަރަކާއި އެކު މަސައްކަތްކުރުމުގައި ތިބެނީ ތައްޔާރަށް."
ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކުރުމަށް އުރީދޫން ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަލުވި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅި ސަބްމެރިން ކޭބަލްގެ ހިދުމަތް، މުޅި ރާއްޖެއަށް 4G ޕްލަސް ނެޓްވާކް ފުޅާކުރުން، މުޅި ދުނިޔެއަށް މަގުބޫލު ހިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތައާރަފްކުރި ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެ އެވެ.
އެ ކުންފުނިން ބުނީ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާއެކު 2015 އިން ފެށިގެން އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުން ކަމަށެވެ. އަދި ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާއްމު އިޖުތިމާއީ ކުރިއެރުމަށާއި ތައުލީމު، ސިއްހަތު، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ކުރިއެރުވުމަށް ކަމަށް ވެސް އުރީދޫން ބުންޏެވެ.
"ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން އާއްމު އިޖުތިމާއީ ހާލަތަށް އެކަށޭނަ ބަދަލެއް އައިސްފައިވާއިރު އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީގެ ފުރިހަމަ މަންފާ މުޖުތަމައަށް ފޯރުކޮށްދިނުން،" އެ ކުންފުނިން ބުންޏެވެ.
އުރީދުއަށް ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ
އުރީދޫއަށް ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެއްޖެ
މުއާސަލާތީ އެންމެ ވަރުގަދަ 50 ބްރޭންޑުގެ ތެރޭ އުރީދޫ
އުރީދޫގެ ވޯކްގްރޫޕާ އިކޮނޮމިކް މިނިސްޓްރީން ގުޅިއްޖެ
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
ތެލެސީމިއާ ހޮސްޕިޓަލަށް އުރީދޫން 100 މިލިއަން ދެނީ
ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ