23 ޖެނުއަރީ 2017
ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ އުރީދޫގެ ވޯކްގްރޫޕް ހިދުމަތް އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ދޭން މިއަދު ފަށައިފި އެވެ.
ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ އުރީދޫގެ ވޯކްގްރޫޕް ހިދުމަތް އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ދޭން މިއަދު ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ރަަސްމިއްޔާތެއްގައި، އެކަަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް އިކޮނޮމިކް މިނިސްޓަރު މުހައްމަދު އަނީސް އާއި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒެވެ.
އެ ރަސްމިއްޔާތުގައި، އަނީސް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި އޮފީސްތަކާއި ބިއުރޯތައް ހިންގަމުން އަންނަ ކަމަށެވެ. އުރީދޫގެ ވޯކްގްރޫޕް ހިދުމަތް މެދުވެރިކޮށް، އިކޮނޮމިކް މިނިސްޓްރީގެ މައި އޮފީހާއި އެކި ހިސާބުތަކުގައި ތިބި އެ މިނިސްޓްރީގެ މުވައްޒަފުންނާ ދެމެދު ފަސޭހަކަމާ އެކު މުވާސަލާތު ކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މި އުއްމީދު ކުރަނީ އަޅުގަނޑުމެން ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަަށް،" އަނީސް ވިދާޅުވި އެވެ.
އުރީދޫގެ ވޯކްގްރޫޕްގައި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވުމުގެ އެއްބަސްވުމުގައި ސްޓޭޓް މިނިސްޓަރު އަނީސް (ކ) އާއި އުރީދޫގެ ނިޔާޒު މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިޔާޒު ވިދާޅުވީ ފޯނު ކޯލާއި އެސްއެމްއެމްސް ހިލޭ ކުރެވުމުގެ އިތުރުން ވެސް، ވޯކްގްރޫޕްގައި ބައިވެރިވާ މުއައްސަސާތަކަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އޭގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެކި މަސައްކަތްތައް ކުރާ މީހުންނަށް ވެސް ފަސޭހަކަމާ އެކު މުވާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.
"ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި މަސައްކަތުގެ ބޮޑު ބައެއް އޮފީސް މާހައުލުން ބޭރުގައި ކުރެވެމުން މި ދަނީ،" ނިޔާޒު ވިދާޅުވި އެވެ.
އުރީދޫގެ ވޯކްގްރޫޕް ހިދުމަތް ބޭނުންކުރާ ކުންފުނިތަކާއި މުއައްސަސާތަކަށް ދީފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް، އެ ފަރާތަކުން ދައްކަންޖެހޭ ބިލުގެ އަދަދު ޗެކްކުރުމާއި އާ ކަނެކްޝަންތަކަށް އެދުމާއި ވޯކްގްރޫޕުގައި ހިމެނޭ ފަރާތްތައް ބަލައި އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެ އެވެ. އަދި ވަކިވަކި ގްރޫޕްތައް އުފައްދާ، މި ގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަން ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބެ އެވެ.
އުރީދޫގެ ވޯކްގްރޫޕްގައި ގިނަ އަދަދެއްގެ މުއައްސަސާތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި، އެމްއެންޑީއެފް އާއި ޕޮލިހާއި ކަސްޓަމްސް އާއި ޕީޖީ އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން، މަޝްހޫރު ކުންފުނިތަކާއި ރިސޯޓެއް ވެސް ހިމެނެ އެވެ.
އުރީދުއަށް ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ
އުރީދޫއަށް ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެއްޖެ
އުރީދު އަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިއްޖެ
މުއާސަލާތީ އެންމެ ވަރުގަދަ 50 ބްރޭންޑުގެ ތެރޭ އުރީދޫ
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
ތެލެސީމިއާ ހޮސްޕިޓަލަށް އުރީދޫން 100 މިލިއަން ދެނީ
ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ