28 ފެބުރުއަރީ 2017
މެދުއިރުމައްޗާއި އޭޝިއާ އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި މުއާސަލާތީ ދާއިރާގައި ކުރިއެރުންތައް ހޯދަމުން އަންނަ ގަތަރުގެ އުރީދޫ، މުއާސަލަތީ ހިދުމަތްދޭ ދުނިޔޭގެ އެންމެ ވަރުގަދަ 50 ބްރޭންޑްގެ ތެރޭގައި ހިމެނިއްޖެ އެވެ.
މެދުއިރުމައްޗާއި އޭޝިއާ އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި މުއާސަލާތީ ދާއިރާގައި ކުރިއެރުންތައް ހޯދަމުން އަންނަ ގަތަރުގެ އުރީދޫ، މުއާސަލަތީ ހިދުމަތްދޭ ދުނިޔޭގެ އެންމެ ވަރުގަދަ 50 ބްރޭންޑްގެ ތެރޭގައި ހިމެނިއްޖެ އެވެ.
ޓެލެކޮމްސް 500، 2017 ރިޕޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޮޕަރޭޓަރުންނާއި އިންފްރާސްޓްރަކްޗާ ކުންފުނިތައް ވަޒަންކޮށްފައިވެ އެވެ. އެގޮތުން، ކުންފުނީގެ ހަރުދަނާކަމަށާއި އިންވެސްޓްކުރާ ގޮތާއި މާކެޓްކުރާ ގޮތް އަދި ލޯޔަލްޓީ އަދި މުވައްޒަފުންގެ ހިތްހަމަޖެހުން ފަދަ ކަންތައްތަކަށް ވެސް އެ ރިޕޯޓުގައި ބަލަ އެވެ.
އުރީދޫން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޕޯޓް ތައްޔާރުކުރި ފަރާތުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އުރީދޫ ދުނިޔޭގެ އެންމެ ވަރުގަދަ 47 ވަނަ ކުންފުނީގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް މިފަދަ މަގާމެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް އުރީދޫން ބުންޏެވެ.
ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ އުރީދޫއަށް ޝަރަފްވެރި މަގާމެއް ލިބުނު އިރު އެ ކުންފުނިން އަންނަނީ ސްޕޭންގެ ބާސެލޯނާގައި ކުރިއަށްދާ ވޯލްޑް މޮބައިލް ކޮންގްރެސްގައި ބައިވެރިވެ ފަހުގެ ޓެކްނޮލޮޖީ ދައްކާލަމުންނެވެ.
މިދިޔަ ހަތަރު އަހަރު ތެރޭ އުރީދޫގެ "ބްރޭންޑް ވެލިއު" ހަތަރު ގުނައަށް އިތުރުވެ ތިން ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.
އުރީދުއަށް ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ
އުރީދޫއަށް ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެއްޖެ
އުރީދު އަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިއްޖެ
އުރީދޫގެ ވޯކްގްރޫޕާ އިކޮނޮމިކް މިނިސްޓްރީން ގުޅިއްޖެ
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
ތެލެސީމިއާ ހޮސްޕިޓަލަށް އުރީދޫން 100 މިލިއަން ދެނީ
ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ