Roadha Mihaaru
ހުވަފެންފުށީގައި ޕޫލަކަށް ވެއްޓި ކުއްޖަކު މަރުވެއްޖެ

ހުވަފެންފުށި ރިސޯޓްގައި ޕޫލަކަށް ވެއްޓި ކުއްޖަކު މަރުވެއްޖެ

23 އޮކްޓޯބަރ 2017

ހުވަފެންފުށި ރިސޯޓްގައި މިއަދު ހަވީރު ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވެއްޖެ އެވެ.

ހުވަފެންފުށި ރިސޯޓްގައި މިއަދު ހަވީރު ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވެއްޖެ އެވެ.

އެ ރިސޯޓްގައި ޕޫލަކަށް ވެއްޓި ކުއްޖަކު މަރުވި މައްސަލައެއް ރިޕޯޓްކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވީ އުމުރުން އެއް އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ ކުއްޖާ ބެލުމާ ހަވާލުވެ ހުރި ބޭބީސިޓާ އަށް އެ ކުއްޖާ ނުފެނިގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ އުޅުނު ކޮޓަރީގައި ހުންނަ ޕޫލް ތެރޭގައި އޮއްވައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް އުޅެނިކޮށް މީހުން ގެނބިގެން މަރުވުމަކީ އާންމު ކަމެއް ނަމަވެސް ކުޑަކުއްޖަކަށް މިފަދަ ކަމެއް ދިމާވި ކަމެއް އެނގިފައެއް ނުވެ އެވެ.