09 އޮކްޓޯބަރ 2017
ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7000 ފްލެޓް އެޅުމަށް ހުށަހަޅާފައިވާ ޗައިނާގެ ކުންފުންޏަށް 369 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ސަރުކާރުން ދީފި އެވެ.
ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7000 ފްލެޓް އެޅުމަށް ހުށަހަޅާފައިވާ ޗައިނާގެ ކުންފުންޏަށް 369 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީއެއް ސަރުކާރުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާނު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގައި 7000 ހައުސިން ޔުނިޓް އެޅުމަށް ހުށަހަޅާފައިވާ ޗައިނާގެ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް ދިން ގެރެންޓީއެކެވެ. މި ލޯނަކީ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) މެދުވެރިކޮށް ސަރުކާރުން ނަގާ ލޯނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެޓީ ބައްދަލުވުމުގައި ނިހާނު މިއަދު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިނޭންސް މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ކަރުދާސްތައް މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފަ އެވެ. ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ މަޝްރޫއަށް 434 މިލިއަން ޑޮލަރު ހިނގާނެ ކަމަށް ބެލެވެ އެވެ.
ޗައިނާގެ ކުންފުންޏަކަށް އެހާ ބޮޑު ގެރެންޓީއެއް ދިން އިރު، އެކަމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން މާ ގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ.
މާލިއްޔާތު ގާނޫނު މިހާރު އޮތް ގޮތުން ސޮވެރިން ގެރެންޓީ ދޫކުރުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ފާސްކުރާކަށް ނުޖެހެ އެވެ. އެހެންވެ، ފިނޭންސް މިނިސްޓްރީން ޗައިނާގެ ކުންފުންޏަށް ދިން ގެރެންޓީގެ ލިޔެކިއުންތައް ވެސް މަޖިލީހަށް ފޮނުވީ މެމްބަރުންގެ މައުލޫމާތަށެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ދަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮމެޓީ ބައްދަލުވުމުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ވީހާ ވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ފްލެޓް ލިބޭނެ ގޮތަކަށް ބައްޓަން ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"7000 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާފައި ރައްޔިތުންނާ ހަވާލު ކުރެވޭއިރު، މި ދެންނެވި ގޮތަށް (ވީހާ ވެސް ހެޔޮ އަގެއްގައި ފްލެޓް ލިބުން) އެކަން ކުރެވިއްޖެ ނަމަ، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވާނެ،" ޕީޕީއެމްގެ މެމްބަރު ޖަމީލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ބޯހިޔާވަހިކަމުގެ ވައުދުގެ ބޮޑު ބައެއް އަންނަ އަހަރު ފުރިހަމަވާނެ އެވެ. އަންނަ އަހަރު ތެރޭގައި މަދުވެގެން 7،000 ފްލެޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން 15،000 ހައުސިން ޔުނިޓް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ތުރުކީގެ ބަޔަކަށް 328 މިލިއަން ޑޮލަރުގެ ގެރެންޓީއެއް
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ހުޅުމާލެ ފްލެޓުތައް މަރާމާތުކުރަން އިންސްޕެކްޓްކުރަނީ
ފްލެޓްގެ ޔަގީންކަން އެމްޑީޕީ ކެންޑިޑޭޓުން ދެނީ!
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
"ބޮޑެތި ޝަކުވާތަކެއް، އެއީ ސައްހަ ލިސްޓެއް ނޫން"
އާ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅަން ގުރުއަތު ލަނީ
ނިހާނުގެ ރައްދު ނަޝީދަށް: ތިޔަ ހަޖޫ ޖަހަނީ ޗައިނާއަށް
ޗައިނާ އިން އެޅި 1500 ފްލެޓު ސަރުކާރާ ހަވާލުކޮށްފި
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ