Roadha Mihaaru
ނިހާނުގެ ރައްދު ނަޝީދަށް: ތިޔަ ހަޖޫ ޖަހަނީ ޗައިނާއަށް

ނިހާނުގެ ރައްދު ނަޝީދަށް: ތިޔަ ހަޖޫ ޖަހަނީ ޗައިނާއަށް

05 ޑިސެމްބަރ 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް "ހަޖޫ ޖަހަމުން" ގެންދަވާ ކަމަށް ވިދާޅުވެ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، ހޫނު ރައްދެއް އިއްޔެ ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް "ހަޖޫ ޖަހަމުން" ގެންދަވާ ކަމަށް ވިދާޅުވެ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، ހޫނު ރައްދެއް އިއްޔެ ދެއްވައިފި އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖޭގައި ބިނާކުރި 1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލުކުރަން ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ނިހާނު ވިދާޅުވީ ރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮތް ގުޅުމަށް ހުރަސް އަޅަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޚާއްސަކޮށް، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރުވަން މަސައްކަތް ކުރާތީ ރައްޔިތުން ކަމަރު ބަނދެގެން ރައީސް އަބްދުﷲ ޔާމީނާ އެކު ތިބުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނިހާނު ވިދާޅުވި ގޮތުގައި ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ތަންތަނުގައި ހުންނަވައިގެން ނަޝީދު ބޮޑެތި އިންޓަވިއު ދެއްވާއިރު، ނަޝީދަކީ، ރަނގަޅު ފެންވަރެއްގައި ހިންގަމުން އައި "ވަޑާންގެ" ކުރިއަރުވަން އެނގިވަޑައިނުގެންނެވި ބޭފުޅެކެވެ.

ހައުސިން ޔުނިޓެއް ލިބުނު އާއިލާއެއް އިއްޔެގެ ޖަލްސާގައި ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހައުސިން ޔުނިޓެއް ލިބުނު އާއިލާއެއް އިއްޔެގެ ޖަލްސާގައި ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ބޮޑެތި ރުއްގުޅި ބޭރުން ގެނެސްގެން ކީހާލެވޭ ފެންވަރަށް" ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ވަޑާންގެ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ބަނގުރޫޓުކޮށްލީ ނަޝީދު ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

"ރަނގަޅަށް ވެއްޖެއްޔާ ދައްކަން އުޅޭ ފޯނުގައި އިންނާނެ ޑިޒައިން އިން ކެލިފޯނިއާ، އެސަމްބަލްޑް އިން ޗައިނާ ޖަހާފައި. މިހާރު ވެސް ބައްލަވާލައްވާ. ރާއްޖޭގައި ގިނަވާނީ އައިފޯނު. މިވަރުގެ ވަރުގަދަ މޭސްތިރި މަސައްކަތްތަކެއް ކުރަމުން އަންނަ ބަޔަކަށް ހަޖޫ ޖަހަން މިއުޅެނީ އެއްކަލަ އަޅުގަނޑުމެން ބުނާހެން މުރަނގަ ގަސްދޮށު މާލިމީ ވެގެން މިކަހަލަ ކަންތައް މިކުރަނީ،" ނަޝީދަށް އިޝާރާތް ކުރައްވާ ނިހާނު ވިދާޅުވި އެވެ.

އޭނާ އެ އިޝާރަތްކުރެއްވީ ނަޝީދުގެ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގަމުން އައި ދިވެހި މޭސްތިރިއަށެވެ. ކުރީގެ ރައީސާ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް އެ ވަޑާންގެ އާއި ނަޝީދާ ގުޅުވައިގެން ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އެތަން ހިންގަވަން ނަޝީދާ ހަވާލުކުރުމުން އެކަން ވެސް ނުކުރެއްވުނު ކަމަށް ބުނެ އިދިކޮޅު މީހުން ނަޝީދަށް ރައްދުދެ އެވެ.

ނިހާނު ސިފަކުރެއްވި ގޮތުގައި "ތިމަންނާއަކީ ފްލެޓު ދޮންބެއޭ ބުނި ބޭފުޅަކު" ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވަނީ ޖެއްސުމެވެ. މާޒީއަށް ބަލާއިރު، "އޮށެއް އިންދައިގެން ވިޔަސް" ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ކަމެއް ކޮށްދެވޭނެ ރައީސަކަށް ވީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ހިތްޕުޅުގައި އޮތް އެންމެ ގާތްކަމަކީ ބޯހިޔާވަހިކަން ނުލިބިފައި ތިބި މީހުންނަށް ހިޔާވަހިކަން ފޯރުކޮށް ދިނުމެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް ހެޔޮ އަގެއްގައި ގިނަ އަދަދެއްގެ ފްލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1500 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

1500 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނިހާން ވިދާޅުވީ ދިވެހިންނަށް ފުރަތަމަ ލިބުނު ފްލެޓުތަކުގެ އަގު ބޮޑުވެފައި، ފްލެޓުތައް ނިންމާފައި ހުރި ނިސްބަތަށް ބަލާއިރު، ރާއްޖެއަށް ގެއްލުންތަކެއް ވާ ކަމަށެވެ. ހައުސިން ޔުނިޓްތަކަކީ "ފިހާރައެއްގެ ހަރުގަނޑުގައި އަތުރާފައި ހުންނަ އަލިފާން ފޮއްޓެއް" ނޫން ކަމަށާއި ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް އެކަން ފަހިކޮށް ދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ، އެ ބަލިވަނީ ދިވެހި ރައްޔިތުންނާއި އިގްތިސާދު ކަމަށެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ "ރިސްކެއް" ނަންގަވައިގެން ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ލީޑަރަކާ އެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ތަރައްގީގެ ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވީ އެއާޕޯޓަށް ދަތުރު ކުރާ ފެރީތަކުގައި ތިބޭ ބައެއް މީހުން "ކަރަށް ނާރެއް އަރާއިރު ވެސް،" ބްރިޖު އަޅާ ސަރަހައްދަށް ނުބަލަންވެގެން ފެރީގައި ތިބޭ ކަމަށެވެ. އަދި ނޭޅޭނެ ކަމަށް ނަޝީދު ވިދާޅުވި ބްރިޖު ނިންމައި ރައްޔިތުން އޭގެ ބޭނުން ހިފާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މާކެޓުގައި ދެން ގިނަވާނީ އެ ގައުމުގެ އުފެއްދުންތައް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގައި ވެސް ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް، މުދާ އެތެރެ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޗައިނާގައި އުފައްދާ މުދަލުން ޑިއުޓީ ނަގަން ނުޖެހޭނެތީ، އެ ގައުމުން ރާއްޖެ އެތުރެކުރާ މުދާ އިތުރުވެ، އެހެން ގައުމުތަކުގެ މުދާ ދިވެހި ބާޒާރުން މަދުވާން ފަށާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.