05 އޮކްޓޯބަރ 2017
ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިރޭ ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި މިއަދު ބޭއްވި ޔޫރަޕިއަން ޕާލަމަންޓް ބައްދަލުވުމުގައި ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.
ރާއްޖޭގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް ހުށަހެޅި ގަރާރާ ގުޅިގެން ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި ޓޫރިސްޓުން ރާއްޖެ ދިއުން މަނާކޮށް، ވެރިން ޔޫރަޕްގެ ގައުމުތަކަށް ދިއުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުން ލަސްވެއްޖެ އެވެ.
މި ގަރާރާ ގުޅޭގޮތުން ޝިއާން "މިހާރު" އަށް ވިދާޅުވީ އީޔޫ ޕާލަމެންޓަށް ހުށަހެޅި ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ ގަރާރެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ ދެކޮޅަށް އީޔޫ ޕާލަމެންޓުން މީގެ ކުރިން ފަސް ގަރާރެއް ފާސް ކުރި އެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ ބައްދަލުވުމެއް ކުރިއަށް ދަނީ.
އީޔޫ ޕާލަމެންޓުން އެކި ގައުމުތަކާ ދެކޮޅަށް ކަންތައްތައް ނިންމާފައި ހުރި ނަމަވެސް، އެއީ ގައުމަކަށް މަޖުބޫރު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށާއި ރާއްޖެ ނުވަތަ އެހެން ގައުމަކާ މެދު ފިޔަވަޅު އަޅާނީ އީޔޫގެ ކައުންސިލުން ކަމަށް ޝިއާން ވިދާޅުވި އެވެ. އެކަމަކު، އެފަދަ ވާހަކައެއް ވެސް، އަދި އެ ކައުންސިލަށް މައްސަލަ ހުށަހެޅުމާ ގާތަށް ވެސް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަހަރުގެ ގަރާރާ މެދު ވަކި ގޮތެއް ނުނިންމާ. އެކަމަކު މި ފާސް ކުރިޔަސް މިއީ ތަންފީޒު ނޫނީ އަމަލު ކުރަން ޖެހޭ ފަދަ ގަރާރެއް ނޫން،" އިނގިރޭސި ވިލާތުގައި މިވަގުތު ހުންނެވި ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވީ އީޔޫ ޕާލަމެންޓުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ގަރާރުތައް ހުށަހަޅައިގެން ފާސްކޮށްފައި އެބަހުއްޓެވެ. އެހެންވެ، އެފަދަ ގަރާރުތައް ހުށަހަޅައިގެން ފާސް ކުރަނީ ރާއްޖެއާ ދެކޮޅަށް އެކަނި ނޫން ކަމަށާއި ރާއްޖޭގައި ސީރިއަސް ބޮޑު މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިއާން ވިދާޅުވި ގޮތުގައި އީޔޫ ޕާލަމަންޓަށް ހުށަހެޅި ގަރާރަށް ބަހުސް ކުރެއްވީ އެ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ 751 މެމްބަރުންގެ ތެރެއިން 10 މެމްބަރުންނެވެ. އަދި ރާއްޖެއާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ މަދު މެމްބަރުންތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އީޔޫ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީޔޫ އޮތީ ރާއްޖެ އަށް އެހީތެރިވެ ދިނުމަށް އަބަދުވެސް ތައްޔާރަށް ކަމަށާއި އެކަން ބަހުސްގެ ތެރެއިން އެނގިގެން ގޮސްފައިވާ ކަމަށް ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވި ގޮތުގައި އީޔޫ އޮތީ ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށެވެ. އީޔޫ އިން ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އީޔޫގެ އެއްބާރުލުން ލިބޭނެ ކަމާ މެދު ޔަގީން ކުރައްވާ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވީ އީޔޫ އިން ރާއްޖެއާ ދޭތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި ރާއްޖޭން ވެސް އީޔޫއާ ދެމެދު ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެކަމަކު އީޔޫ އިން ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަން ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ބޭއްވި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމުގެ ސަބަބުން ނޫސްވެރިންނަށާއި ސިޔާސީ ލީޑަރުންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ކަންކަން ހިނގަމުންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޑިމޮކްރަސީއާ ދުރަށް ރާއްޖެ ދަތުރު ކުރަމުންދާ އިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
އީޔޫގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމައިފި
ގަރާރު އޮތީ ވަކިކޮޅަކަށް ބުރަވެފައި: ސަރުކާރު
ރާއްޖެއަށް ފިޔަވަޅުއެޅުން ލަސްވެއްޖެ: އީޔޫގެ މެންބަރުން
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"