04 އޮކްޓޯބަރ 2017
ފެނަކަ އިން ދޭ ކަރަންޓުގެ ޚިދުމަތަށް ސަރުކާރުން މަހަކު 10 މިލިއަން ރުފިޔާ ދައްކާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ އިން ދޭ ކަރަންޓުގެ ޚިދުމަތަށް ސަރުކާރުން މަހަކު 10 މިލިއަން ރުފިޔާ ދައްކާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތޯރިގާއި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުގެ އެންމެ އިސް ވެރިންނާ އެކު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފެނަކަ އަށް ކޮންމެ މަހަކު 10.5 މިލިއަން ރުފިޔާ ސަރުކާރުން ދެނީ ރަށްރަށުގައި ކަރަންޓު ދިނުމަށް ހަދާފައިވާ އެންމެ ދަށް ބޭންޑުން ލިބޭ ގެއްލުން ކުޑަކުރަން ކަމަށެވެ.
"އެއީ ވެސް އެ ކުންފުނީގެ ގެއްލުންތައް ވަކި މިންގަނޑެއްގައި ހިފަހައްޓަން. ވަރަށް ބޮޑު ގެއްލުމެއް ލިބޭ އެ ކުންފުންޏަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމުގެ މަޝްރޫއެއް ވަނީ ފަށައިފަ އެވެ. އަދި އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތް ފެށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން ހއ. އަދި ހދ. ގެ ހުރިހާ ރަށަކަށް އިޔާދަކުރަނިވި ހަކަތަ ދިނުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ކުރަނީ މާލެ އާއި ރަށްރަށުގައި ދެމުން އަންނަ ކަރަންޓުގެ ހަރަދުގެ ފަރަގު ކުޑަކުރަން ކަމަށެވެ.
މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސަރުކާރުން ކޮންމެ މަހަކު ދެމުން އަންނަ 10.5 މިލިއަން ރުފިޔާ ބޭނުން ކުރަނީ ފެނަކައިގެ އަމިއްލަ ޚަރަދުތަކުގެ ބަދަލުގައި ފިއުލް ސަޕްލައިސް އަށާއި އެހެން ކުންފުނިތަކަށް ދައްކަން އޮތް ދަރަނި ހަލާސް ކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކަ ކޯޕަރޭޝަން އުފެދުނުއިރު، އެ ކުންފުންޏަށް ކުރީގެ ޔުޓިލިޓީސް ކުންފުނިތަކުން 500 މިލިއަނެއްހާ ރުފިޔާ ގެއްލުން ވަނީ ވާރުތަވެފަ އެވެ. އަދި ފެނަކަ އަށް ލިބިފައިވާ ޖަނަރޭޓަރު ސެޓްތަކަކީ ވެސް ވަރަށް ބޮޑަށް ބާވެ އަދި މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ހުރި ތަކެތި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ހިދުމަތް ދެވޭ ހާލަތެއްގައެއް ނޫން އަޅުގަނޑުމެންނާ ހަމައަށް އައިރު އެ ޖަނަރޭޓަރުތައް ހުރީ. އެހެން ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެން ވޭތުވެދިޔަ އަހަރުތަކުގައި ދިރިއުޅުމަށް އައި ބަދަލުތަކާ ގުޅިގެން ކޮންމެ ރަށެއްގައި 10-20 ޕަސެންޓް ކަރަންޓު ބޭނުންކުރާ އަދަދު އިތުރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
ކަރަންޓްގެ މައްްސަލާގައި އޮފިޝަލުން ކޮމެޓީއަށް ގެންދަނީ
"ޓެރިފް ރޭޓަށް ބަދަލު ގެނައީ އެންމެ ރަނގަޅު ވަގުތު"
ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރު: ތޯރިގު
މިނިސްޓަރު ތޯރިގު ކޮމިޓީއަށް ހާޒިރުވުމުގެ އަމުރެއް
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި
އިންޖީނުގެއަކަށް 45މިލިއަން، ފެންނަން ހުރީ 4 ފާރު!
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި