18 ސެޕްޓެމްބަރ 2017
މެންޗެސްޓާ (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން 4-0 އިން ކުރިހޯދައިފި އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން 4-0 އިން ކުރިހޯދައިފި އެވެ.
މި މެޗަކީ އެވަޓަންގެ ފޯވާޑް ވޭން ރޫނީ އާއި ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ހާއްސަ މެޗެކެވެ. ދެ ކުޅުންތެރިން ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނުއިރު ސަޕޯޓަރުންގެ ފަރާތުން ފެނުނީ ތަފާތު ދެ މަންޒަރެވެ. ޔުނައިޓެޑުގެ ސަޕޯޓަރުން ރޫނީ އެ ކްލަބަށް ކޮށްދިން ކަންތައްތަކުގެ އަގުވަޒަންކުރިއިރު، އެވަޓަން ސަޕޯޓަރުންގެ ފަރާތުން ފެނުނީ ލުކާކޫ އަށް ހިތްހަމަ ނުޖެހުމުގެ ޝުއޫރުތަކެވެ.
ޔުނައިޓެޑަށް މި މެޗުގައި ލީޑުނަގައިދިނީ ހަތަރު ވަނަ މިނިޓްގައި ނިމެންޔާ މަޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން އެންޓޯނިއޯ ވެލެންސިއާ އެވެ. ޔުނައިޓެޑުން އަނެއް ތިން ލަނޑު ޖެހީ ފަހު ދިހަ މިނިޓް ތެރޭގަ އެވެ. މި ލަނޑުތައް ޖެހީ ހެންރިކް މިކިތާރްޔަން، ލުކާކޫ އަދި އެންތަނީ މާޝިއަލް އެވެ. ލުކާކޫ ވަނީ ލަނޑު ޖެހުމަށް ފަހު އެވަޓަން ސަޕޯޓަރުންނަށް ރައްދު ދިނުމުގެ ގޮތުން އުފާފާޅުކޮށްފަ އެވެ.
"އަހަރެންގެ އަދިވެސް އެވަޓަން އަށް އިހުތިރާމް ކުރަން. ލަނޑު ޖަހާފައި އުފާފާޅުކުރީ އެވަޓަން އަށް ދެރަ ކުރާކަށެއް ނޫން. އެއީ އަަހަރެން ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ގޯލަކަށްވާތީ. މެޗު ތެރެއިން އެވަޓަން ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ކަންތައްތަކަކީ ފުޓްބޯޅައިގައި މިހާރު ހިނގާ ކަންތައް. އަހަރެން އެކަމަކާ ނުވިސްނަން،" ރޭގެ މެޗަށް ފަހު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުންޏެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ކީޕަރު ޑެހެއާ (ކ) އެވަޓަންގެ ރޫނީއާ އެކު.-- ފޮޓޯ: އޭއެފްޕީ
މި މެޗުގައި ވެސް ރޫނީ ފެނިގެން ގޮސްފައިވަނީ އާދައިގެ ގޮތަކަށެވެ. އެވަޓަން އަށް މި މެޗުގައި ވެސް އެ ޓީމުގައި ތިބި ފެންވަރު ރަނގަޅު ކުޅުންތެރިންގެ ބޭނުމެއް ނުހިފުނެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ޔުނައިޓެޑާ އަލުން ރޫނީ ގުޅިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އަހަރެން ދެކެފިން ސްޓެމްފޯޑް ބްރިޖާއި އޯލްޑް ޓްރެފޯޑްގައި ޔުނައިޓެޑާއި ޗެލްސީން އެ ޓީމަށް ކުރިން ކުޅުނު ތަރިންނަށް އަލުން ކީ މަރުހަބާ. އަހަރެންގެ ނަޒަރުގައި ރޫނީ އަދިވެސް ޔުނައިޓެޑުން ފެނުމުގެ ފުރުސަތު އެބައޮތް،" މޮރީނިއޯ ބުންޏެވެ.
އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ރޭގެ މެޗުގެ ނަތީޖާ އަކީ އެ މެޗުން ފެނުނު ކުޅުމަށް ބަލާއިރު އިންސާފުވެރި ނަތީޖާއެއް ނޫން ކަމަށާއި އެވަޓަން އިން އެންމެ ފަހުން މެޗުގައި ދެއްކި ކުޅުމަށް ވުރެ މި މެޗުގައި މޮޅަށް ކުޅުނު ކަމަށެވެ.
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ގަނާޗޯގެ މޮޅު ގޯލުން ރޮނާލްޑޯއާ އެއްފަދަ ކުރަނީ
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ޔުނައިޓެޑް ބަލިކޮށް އެވަޓަން އަށް އުންމީދެއް
އެވަޓަންގެ ކޯޗުގެ މަގާމަށް ދާން ރޫނީ ދެކޮޅު ހަދައިފި
ފަހު ސިކުންތުގެ ލަނޑުން، ޔުނައިޓެޑް ގަދަ ހަތަރަކަށް
އެވަޓަން އިން ޔުނައިޓެޑް ހިފަހައްޓައިފި
އާސެނަލް ބަލިވިއިރު، ޔުނައިޓެޑް ފަހު ވަގުތު އެއްވަރު