02 އޮކްޓޯބަރ 2021
މެންޗެސްޓާ (އޮކްޓޯބަރު 2) - އޯލްޑް ޓްރެފޯޑުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑުން އެވަޓަންއާ ވާދަކުރި ޕްރިމިއާ ލީގުގެ މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 2) - އޯލްޑް ޓްރެފޯޑުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑުން އެވަޓަންއާ ވާދަކުރި ޕްރިމިއާ ލީގުގެ މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
މި މެޗަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނެރުނު ފުރަތަމަ އެގާރައިގައި ޕޯލް ޕޮގްބާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފައެއް ނުވެ އެވެ. ރޮނާލްޑޯ ވަނީ އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި ވިލަރެއާލް ކޮޅަށް "ފާގީ ޓައިމް" ގައި ގޯލެއް ޖަހައިދީ ޓީމު މޮޅުކޮށްދީފަ އެވެ. ބަދަލުގައި ފެށީ އެންތަނީ މާޝިއަލް އާއި އެޑިންސަން ކަވާނީ އަރުވައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފްގެ 43 ވަނަ މިނިޓުގައި ޔުނައިޓެޑަށް މި ލަނޑު ޖަހައިދިނީ މާޝިއަލް އެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ލީގުގައި ސައުތެމްޓަން ކޮޅަށް ޖެހި ދެ ގޯލަށް ފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން 12 މިނިޓު ފަހުން ކަވާނީ އާއި މާޝިއަލްގެ ބަދަލުގައި ސޯލްޝެއާ ވަނީ ޖޭޑަން ސަންޗޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އަރުވައިފަ އެވެ. އެވަޓަން އިން އެއްވަރުކުރީ 65 ވަނަ މިނިޓުގައި ޑޮކޫރޭގެ އެހީތެރިކަމާއެކު އެންޑްރޮސް ޓައުންސެންޑް ޖެހި ލަނޑުންނެވެ. އަދި މި ލަނޑު ޖަހާފައި ޓައުންސެންޑް އުފާފާޅުކުރީ ރޮނާލްޑޯގެ "ސިއޫ" ސްޓައިލުގަ އެވެ.
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އެވަޓަން އިން ނެގި ކޯނަރެއްގައި އެޓީމުގެ ޑިފެންޑަރު ޔެރީ މިނާ ބޮލުން ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ގަނާޗޯގެ މޮޅު ގޯލުން ރޮނާލްޑޯއާ އެއްފަދަ ކުރަނީ
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ޔުނައިޓެޑް ބަލިކޮށް އެވަޓަން އަށް އުންމީދެއް
ފަހު ސިކުންތުގެ ލަނޑުން، ޔުނައިޓެޑް ގަދަ ހަތަރަކަށް
އާސެނަލް ބަލިވިއިރު، ޔުނައިޓެޑް ފަހު ވަގުތު އެއްވަރު
ސިޓީ-ޔުނައިޓެޑް އެއްވަރު، ޗެލްސީގެ ރެކޯޑް ނިމުމަކަށް
އެވަޓަން ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުމެއް
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، ޗެލްސީއަށް ޕޮއިންޓެއް