12 ސެޕްޓެމްބަރ 2017
ރިޔާޒް (ސެޕްޓެމްބަރު 12) - ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީ ގޮއްވާލަން ޖާނުންފިދާވުމުގެ ހަމަލާ ދޭން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ސަލާމަތީ އޮފިޝަލުން މިއަދު ބުނެފި އެވެ.
ރިޔާޒް (ސެޕްޓެމްބަރު 12) - ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީ ގޮއްވާލަން ޖާނުންފިދާވުމުގެ ހަމަލާ ދޭން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ސަލާމަތީ އޮފިޝަލުން މިއަދު ބުނެފި އެވެ.
ހަމަލާ ދޭން އުޅުނު ކަމަށް ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް ސައުދީގައި އުޅެމުންދާ ޔަމަނުގެ ދެ މީހަކާއި ސައުދީ އަރަބިއާގެ ދެ މީހެކެވެ. ސްޓޭޓް ސެކިއުރިޓީން ބުނެފައި ވަނީ އެ މީހުންގެ އަތުން ޖާނުންފިދާވުމުގެ ހަމަލާ ދޭން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގޮވާތަކެތި ހަރުކޮށްފައިވާ ޖެކެޓާއި އަތު ބޮން ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ކޮންމެ ބެލްޓެއްގައި ހަތް ކިލޯގެ ގޮވާތަކެތި ހަރުކޮށްފައިވެ އެވެ. މީގެ އިތުރުން ނުވަ އަތު ބޮމާއި ބަޑިބޭހާއި ވަޅި ފަދަ ތަކެތި އެ މީހުން ދިރިއުޅުނު އަލް ރިމާލް ޑިސްޓްރިކްޓުގައި ހުރި ގެއިން ފެނިފައިވާ ކަމަށް ވެސް ސަލާމަތީ އޮފިޝަލުން ބުނެފައިވެ އެވެ. އެ އެއްޗެހި ބޭނުން ކުރާނެ ގޮތުގެ ތަމްރީނު އެ މީހުންނަށް ދީފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ސައުދީގެ ސަލާމަތީ ތަންތަނަށް ހަމަލާ ދިނުމަށް އައިއެސްއާ ގުޅުން އޮންނަ ގްރޫޕުން މަސައްކަތް ކޮށްފައި ވަނީ ބޭރުގެ ޕާޓީތަކަކާ ގުޅިގެން ކަމަށް ވެސް ސްޓޭޓް ސެކިއުރިޓީން ބުނެފައިވެ އެވެ.
އައިއެސްގެ ހަމަލާއެއްގައި އިރާގުން 11 މީހުން މަރު
ނަޝީދުގެ ވާހަކަފުޅާ މެދު ޝަހީމްގެ ނުރުހުން!
ސޫފީން އަޅުކަންކުރާ ތަނަކަށް ދިން ހަމަލާގައި 72 މަރު
ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވުން ނާކާމިޔާބުކޮށްލައިފި
ސައުދީގައި ހަމަލާ ދޭން އުޅުނު އައިއެސް ބަޔަކު ހައްޔަރުކޮށްފި
އަފްޣާނިސްތާނުގައި ގިނަ ބަޔަކު މަރާލީ އައިއެސް އިން
ތުރުކީ އެއާޕޯޓަށް ހަމަލާ ދިނީ އައިއެސްގެ ބޮޑެއް
ޖޯޑަން ސިފައިން މަރާލީ އައިއެސް އިން ކަމަށް ބުނެފި
ސީރިއާގައި އައިއެސް އިން ވަރުގަދަ ހަމަލާތަކެއްދީ 78 މަރު
ހާލުގައި ޖެހުނު އުމްރާވެރިން ހޮނިހިރު ދުވަހު ގެންނަނީ