24 ޖުލައި 2016
ކާބުލް (ޖުލައި 24) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ހިނގާލުމަކަށް ޖާނުންފިދާވުމުގެ ހަމަލާދީ 80 މީހުން މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ކާބުލް (ޖުލައި 24) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ހިނގާލުމަކަށް ޖާނުންފިދާވުމުގެ ހަމަލާދީ 80 މީހުން މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ހަމަލާ އަމާޒުކޮށްފައި ވަނީ ޝިއައީންގެ ހަޒާރާ ދަރިކޮޅަށެވެ. ހަމަލާގައި ވަނީ 230 މީހުން ޒަޚަމްވެފަ އެވެ.
ގައުމީ ޓީވީ މެދުވެރިކޮށް ރައީސް އަޝްރަފް ޣަނީ ވަނީ ހަމަލާގެ ފަހަތުގައިވާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަނުން ވަނީ އެއީ "ހަނގުރާމައިގެ ޖަރީމާއެއްގެ" ގޮތުގައި ސިފަކޮށްފަ އެވެ. އދ.ގެ މިޝަނުގެ ވެރިޔާ ޓަޑަމިޗީ ޔަމަމޮޓޯ ވިދާޅުވީ އާއްމުންގެ ގިނަ ބަޔަކަށް އެ ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.
އައިއެސް އިން ހިންގާ އައުމާގު ނިއުސް އެޖެންސީން ބުނީ ޝިއައީންނަށް އަމާޒުކޮށް ހަމަލާ ދިނުމުގައި އެ ޖަމާއަތުގެ ދެ މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަފްޣާނިސްތާނުގައި އައިއެސްގެ ބާރު އޮންނަނީ އިރުމަތީގަ އެވެ. ނަމަވެސް މިއީ ވެރިރަށް ކާބުލްގައި އެ ޖަމާއަތުން ޖާނުންފިދާވުމުގެ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.
އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާ އިން ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދެވުނީ އެކަކަށް ކަމަށާއި އަނެއް މީހާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ނުގޮވާ ކަމަށެވެ. އަދި އަފްޣާން ފުލުހުން ބަޑިޖަހާ ތިން ވަނަ މީހާ މަރާލި ކަމަށް ވެސް ދާޚިލީ ވުޒާރާ އިން ބުންޏެވެ.
އަފްޣާނިސްތާނުގައި މިއަދު ވަނީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ރައީސް ޣަނީ ވިދާޅުވެފައި ވަނީ ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރުމަކީ ކޮންމެ ބަޔަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި ޖާނުންފިދާވުމުގެ ހަމަލާ ދިން މީހުންގެ ކިބައިން ހަރުކަށި ބަދަލެއް ހިއްޕަވާނެ ކަމަށެވެ.
ކާބުލްގެ މިސްކިތަށް ފިދާވެގެންދިން ހަމަލާގައި 27 މަރު
ކާބުލްގައި ދިން ހަމަލާގައި އެމެރިކާގެ 12ސިފައިން މަރު
ކާބުލްގެ ވޯޓު ރަޖިސްޓްރީކުރާ ތަނަކަށް ހަމަލާދީ 31މަރު
ކާބުލްގެ ޒިޔާރަތަކަށް ބޮމުގެ ހަމަލާދީ ގިނަ ބަޔަކު މަރާލައިފި
ޑޮކްޓަރުންގެ ހެދުމުގައި އައިއެސްއިން ދިން ހަމަލާގައި 30 މަރު
އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގައި ހަމަލާދީ 20 މަރު
އެމެރިކާގެ ހަތިޔާރުތަކެއް އައިއެސް އިން ދައްކާލައިފި
ތާލިބާނުން އައިއެސްގެ އިސް ލީޑަރެއް މަރާލައިފި
އެމެރިކާ އިން ޒަވާހިރީ މަރައިލީ ކިހިނެއް؟
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން