08 އޯގަސްޓް 2016
ކާބުލް (އޮގަސްޓް 8) - ޕާކިސްތާނާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ނަންގާރުހާރު ޕްރޮވިންސްގައި ބަދަލު ކުރި ހަމަލާތަކަށް ފަހު އެމެރިކާ ސިފައިންގެ އަތުން އަތުލި ހަތިޔާރުތަކުގެ ފޮޓޯ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދައްކާލައިފި އެވެ.
ކާބުލް (އޮގަސްޓް 8) - ޕާކިސްތާނާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ނަންގާރުހާރު ޕްރޮވިންސްގައި ބަދަލު ކުރި ހަމަލާތަކަށް ފަހު އެމެރިކާ ސިފައިންގެ އަތުން އަތުލި ހަތިޔާރުތަކުގެ ފޮޓޯ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދައްކާލައިފި އެވެ.
އައިއެސް އިން ދައްކާލި އެއްޗެހިތަކުގެ ތެރޭގައި އެމެރިކާ ސިފައިންގެ މީހެއް ކަމަށްވާ ރަޔަން ލާސަންގެ އައިޑީ ކާޑަކާއި ރޮކެޓް ލޯންޗަރާއި ރޭޑިއޯއެއް، އަތުބޮމާއި ސިފައިންގެ ކިޓެއް ހިމެނެ އެވެ.
އެމެރިކާ އިން ވަނީ ސިފައިންގެ ބައެއް ހަތިޔާރުތައް މަދުވި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެއްވެސް ސިފައިންގެ މީހެއް އައިއެސް އިން އަތުލާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
"އެމެރިކާ އިން މިހާރު ދަނީ އައިއެސް އިން އާއްމުކުރި ފޮޓޯގައި އެ ވަނީ ދާދި ފަހުން ބަދަލުކުރި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އަތުން މަދުވި ތަކެތިތޯ ބަލަމުން،" ބްރިގޭޑިއާ ޖެނެރަލް ޗާލްސް ކްލެވަލޭންޑް ވިދާޅުވި އެވެ.
ކާބުލްގެ އިރުން އޮންނަ ޖަލާލުއާބާދުގައި މި މަހު ކުރީކޮޅު އައިއެސްގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށް އަފްޣާން ސިފައިން ވަނީ ބުނެފައި. --ފޮޓޯ:ބީބީސީ
އެމެރިކާ ސިފައިންގެ ތަރުޖަމާނެއް ކަމަށްވާ ކޮމާންޑާ ރޮން ފްލެސްވިގު ވިދާޅުވީ ސިފައިންގެ ޚާއްސަ ޔުނިޓުގައި ހިމެނޭ ލާސަން ވަނީ އަފްޣާނުގައި ބަދަލުކުރި ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭނާގެ އައިޑީކާޑު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އައިއެސް އިން އާއްމުކުރި ފޮޓޯތައް ނެގި އިރަކާ އަދި އެމެރިކާ ސިފައިންގެ ހަތިޔާރުތައް އަތުލި އިރެއް އެ ޖަމާއަތުގެ އައުމާގު ނިއުސް އެޖެންސީން ބުނެފައެއް ނުވެ އެވެ.
ކާބުލްގައި މިދިޔަ މަހު ބޭއްވި އެއްވުމެއްގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދިން ކަމަށް އައިއެސް އިން ވަނީ އެއްބަސްވެފަ އެވެ. އެ ހަމަލާގައި ވަނީ 80 މީހުން މަރުވެ 230 މީހުން ޒަޚަމްވެފަ އެވެ. އަފްޣާނިސްތާނުގެ ޖާސޫސީ ފަރާތްތަކުން ބުނެފައި ވަނީ ކާބުލްގައި ހަމަލާ ދިނުމަށް ހަނގުރާމަވެރިން ފޮނުވީ ނަންގާރުހާރު ޕްރޮވިންސުން ކަމަށެވެ. އަފްޣާނިސްތާނުގެ އިރުމަތީ ހިސާބުތަކުގައި އައިއެސްގެ ބައެއް މީހުން އުޅުނު ނަމަވެސް ވެރިރަށުގައި މީގެ ކުރިން ހަމަލާއެއް ދީފައެއް ނުވެ އެވެ.
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ކާބުލް އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް
އެމެރިކާ ބަލިކޮށް މިނިވަންކަން ހޯދައިފިން: ތާލިބާން
ކާބުލްގެ ވައިގެ ބަނދަރަށް ރޮކެޓް ހަމަލާތަކެއް
ކާބުލްގެ ވައިގެ ބަނދަރު ތާލިބާނުންނާ ހަވާލުކުރަނީ
ކާބުލްގެ ވައިގެ ބަނދަރަށް މީހުން ތޮއްޖެހުން އިތުރުވަނީ
ބިދޭސީންނަށް އެހީވާ މީހުންނަށް މަރުގެ އަދަބު ދެނީ
ޖަރުމަން ބޯޓުގައި ބޭރުކުރެވުނީ އެންމެ ހަތް މީހުން