20 ސެޕްޓެމްބަރ 2016
ރިޔާޒް (ސެޕްޓެމްބަރު 20) - ސައުދީ އަރަބިއާގެ ސިފައިންގެ މަރުކަޒުތަކާއި އެނޫން ވެސް ތަންތަނަށް ހަމަލާ ދޭން ރާވަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރިޔާޒް (ސެޕްޓެމްބަރު 20) - ސައުދީ އަރަބިއާގެ ސިފައިންގެ މަރުކަޒުތަކާއި އެނޫން ވެސް ތަންތަނަށް ހަމަލާ ދޭން ރާވަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ދާޚިލީ ވުޒާރާ އިން ބުނީ ހައްޔަރުކުރީ 16 ފިރިހެނުންނާއި އެއް އަންހެނެއް ކަމަށެވެ. މީގެ ތެރޭން ގިނައީ ސައުދީ މީހުންނެވެ. ދެން ހިމެނެނީ ޔަމަން، މިސްރު އަދި ސައުދީ އަރަބިއާ ކޮންމެ ގައުމަކުން މީހެކެވެ.
ސައުދީގެ ދާޚިލީ ވުޒާރާ އިން ބުނީ ހަމަލާ ދޭން އުޅުނު މީހުން ވަނީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފެއްގެ ކާރު ގޮއްވާލަން ވެސް ރާވައިފަ އެވެ. އަދި އަސްކަރީ ތަމްރީނުތައް ދޭ މަރުކަޒެއްގައި ކިޔަވާ ކުދިންނަށް އަމާޒުކޮށް ރިމޯޓް ކޮންޓްރޯލް ބޮމެއް ގޮއްވާލަން ރާވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސައުދީގައި 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފަ އެވެ. ގިނަ ހަމަލާތައް ދީފައި ވަނީ ސައުދީގައި ގިނައިން ޝިއައީން އުޅޭ އީސްޓަން ޕްރޮވިންސްގަ އެވެ. މި އަހަރުގެ ކުރީކޮޅު ވެސް ވަނީ އަލް އަހުސާ ސަރަހައްދުގެ އަލް ރިދާ މިސްކިތުގައި ބޮމުގެ ހަމަލާއެއް ދީފަ އެވެ.
ސައުދީގައި ރޯދަ މަހު ވެސް ވަނީ ހަމަލާތަކެއް ދީފަ އެވެ. ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބޭރުގައި ވަނީ ޖާނުންފިދާވެގެން ހަމަލާއެއް ދީފަ އެވެ. އަދި މަދީނާގައި ހުންނަ ނަބަވީ މިސްކިތުގެ ބޭރުގައި ދިން ހަމަލާގައި ވަނީ ހަތަރު މީހުން މަރުވެފަ އެވެ.
އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ ސައުދީ އަރަބިއާ އަށް ހަމަލާ ދިނުމަށް ގޮވާލައިފަ އެވެ.
އިޒްރޭލުގެ ޓީމަށް އައިއެސް އިން ހަމަލާ ދޭން އުޅެފި
ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވުން ނާކާމިޔާބުކޮށްލައިފި
މައްކާ އަށް ހަމަލާ ދިނުމަކީ މުސްލިމުންނަށް ގޯނާކުރުން
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި
ސީރިއާގެ އައިއެސްގެ އަމާޒުތަކަށް ތުރުކީން ބޮން އަޅައިފި
އައިއެސްގެ ތެޔޮ ޓޭންކަރުތަކަކަށް ވައިގެ ހަމަލާދީފި
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
މެދުއިރުމަތިން އެމެރިކާގެ ބާރު ދޫވެ ދައުރު ޗައިނާ އަށް
ޗައިނާ މެދުވެރިއަކަށްވެ ސައޫދީ އާއި އީރާން ސުލްހަކޮށްފި
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން