10 ސެޕްޓެމްބަރ 2017
ގައުމީ ފަތާ ޓީމު ފަރިތަކުރުމަށާއި މާލޭގައި ދިރިއުޅޭ މީހުން މޫދަށް އެރެން ބޭނުންކުރާ ޓްރެކް ސަރަހައްދުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ގައުމީ ފެތުންތެރިއާ އަދި ސަރަހައްދީ މުބާރާތަކުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދީފައިވާ އައިމިނަތު ސަޖަން ބުނެފި އެވެ.
ގައުމީ ފަތާ ޓީމު ފަރިތަކުރުމަށާއި މާލޭގައި ދިރިއުޅޭ މީހުން މޫދަށް އެރެން ބޭނުންކުރާ ޓްރެކް ސަރަހައްދުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ގައުމީ ފެތުންތެރިއާ އަދި ސަރަހައްދީ މުބާރާތަކުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދީފައިވާ އައިމިނަތު ސަޖަން ބުނެފި އެވެ.
މި ދުވަސްވަރުގައި ޓްރެކު ސަރަހައްދުގައި ކަކުނި ގިނަވެ، އެތަން ބޭނުންކުރުމަށް އުނދަގޫތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް ނުބޭއްވި ވެސް ބައެއް ދުވަސްތައް ގޮސްފައިވާއިރު އާންމުންނަށް ވެސް އެތަން ބޭނުންނުކުރެވޭތީ ކުރާ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ.
"ގިނަ ދުވަސްތަކުގައި އަހަރެމެން ފަތަނީ ކަކުންޏާއި ޖެލީފިޝް (ފިރުނުއައުނު މުދާ) އަދި ކުނީގެ އިތުރުން ތެލާއި އެއްވެފައި އޮއްވައި. މިއީ އަހަރެމެންނަށް ހަމައެކަނި ތަމްރީންވާން ލިބިފައި އޮތް ފެންގަނޑަކީ. ބައެއް ދުވަސްތަކުގައި ކުޑަކޮށް ވެސް ފަތާލެވޭފަދަ ހާލަތެއްގައެއް ނޫން ފެންގަނޑު އޮންނަނީ. މިއަށް ވުރެ ރަނގަޅު ވަސީލަތްތައް ބޭނުން. ޕޫލެއް ބޭނުން،" ދެ ފަހަރެއްގެ މަތިން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކޮށްފައިވާ ސަޖަން އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.
ސަޖަން އަކީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ފެތުންތެރިޔާ އަށެވެ.
މިދިޔަ އަހަރު ރިއޯ އޮލިމްޕިކްސްގައި ބޭރުގެ މީޑިއާތަކުން ވަނީ ވަސީލަތް މަދު ގައުމެއްގެ ފެތުންތެރިއަކު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ކުރި ހިތްވަރު ފާހަގަކޮށް ސަޖަންގެ ވާހަކަ ގެނެސްފަ އެވެ.
މާލޭ ފަތާ ޓްރެކް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސްވިމިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޝާރިފް މުހައްމަދު "މިހާރަ"ށް ވިދާޅުވީ ކޮންމެ އަހަރެއްގައި ވެސް ކަކުނި ގިނަވާ ދުވަސްތަކެއް އަންނަ ކަމަށާއި އެކަމަކު މި ފަހަރު ތަފާތު ކަމަށެވެ.
"އެއީ ކޮންމެ އަހަރެއްގައި ވެސް ހިނގާ ކަމެއް. އެއީ މޫދާއި ކައިރި ސަރަހައްދެއްގައި އޮތް ތަނެއް ކަމަށް ވާތީ. އެ ސަރަހައްދުގައި ކަކުނި އުޅޭތީ ކަކުނި ގިނަވުމުގެ މައްސަލަތައް ދިމާވޭ. އެކަމަކު މި ފަހަރު ތަފާތަކީ ޕްލެޓްފޯމްގެ ތެރޭގައި ވެސް ކަކުނި ގިނަވުން،" ޝާރިފް ވިދާޅުވި އެވެ.
ކަކުނި ގިނަވުމުގެ މައްސަލަ ދިމާވެފައިވާތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބައެއް ދުވަސްތަކުގައި ގައުމީ ޓީމުގެ ޕްރެކްޓިސް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ކުޅިވަރާ ބެހޭ މިނިސްޓްރީން އެންމެ ފަހުން ދެ ފަހަރު ބައްދަލުކުރިއިރު ވެސް ސްވިމިން އެސޯސިއޭޝަނުން އެންމެ ބޮޑަށް ކޮށްފައިވާ ޝަކުވާ އަކީ ފެތުންތެރިން ތަމްރީންކުރަން ޕޫލެއް ނެތުމުގެ ޝަކުވާ އެވެ. އެގޮތުން ސަރުކާރުގެ އެދުމުގެ މަތިން އެކި ފަހަރު ޕޫލުގެ ކުރެހުން ހުށަހަޅާފައިވާ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ވަސީލަތްތައް މަދުވުމުން ގައުމީ ޓީމުގެ ފެތުންތެރިން ތަމްރީންތައް ހަދަމުން އަންނަނީ ބޭރު ގައުމުތަކުގަ އެވެ. އެގޮތުން ބޭރުގެ އެކި މުބާރާތްތަކުން މެޑަލް ގެނެސްފައިވާ އެތުލީޓުން އެ ކާމިޔާބީ ހާސިލްކޮށްފައިވަނީ ރާއްޖޭން ބޭރުން ލިބުނު ޓްރެއިނިންތަކުގެ އެހީގަ އެވެ.
އޮލިމްޕިކްސްގައި ސަޖަން ގައުމީ ރެކޯޑް އާކޮށްފި
އޮލިމްޕިކްސްގައި ބައިވެރިވުމަކީ ފަހުރެއް: ސަޖަން
ސަޖަން އާއި ނިޝްވާން އޮލިމްޕިކްސްގައި ބައިވެރިވަނީ
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
އާން 8 އަހަރުވީ ރެކޯޑެއް މުގުރާލައިފި
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު