ބޭންކް އޮފް މޯލްޑިވްސްއިން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާ އެކު ވެފައިވާ ގައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނާޝިޕް އިތުރު ތިން އަހަރަށް އާކޮށްފި އެވެ.
23 އެޕްރީލް 2025
ބޭންކް އޮފް މޯލްޑިވްސްއިން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާ އެކު ވެފައިވާ ގައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނާޝިޕް އިތުރު ތިން އަހަރަށް އާކޮށްފި އެވެ.
މި އެއްބަސްވުމާ އެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އިން ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ގައުމީ ސުވިމް ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެތުލީޓުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ސްވިމިން އެސޯސިއޭޝަނާ އެކު ޕާޓްނާވުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ސިފަކުރައްވައި ސުވިމިންގެ ދާއިރާއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އެ ޕާޓްނާޝިޕުގެ ސަބަބުން ދިވެހި ފެތުންތެރިންނަށާއި ފެތުމުގެ ކުޅިވަރު ރާއްޖޭގައި ކުރިއަރުވައި، ފެތުމުގެ ކުޅިވަރުން ރާއްޖެއަށް ރީތިނަމާއި ޝަރަފު ހޯދަން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ވޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.
ބީއެމްއެލްއިން 2016 ވަނަ އަހަރުން ފެށިގެން ސްވިމިންގް އެސޯސިއޭޝަނަށް އަންނަނީ އެހީތެރިކަން ދެމުންނެވެ.
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަތަން ދަސްކޮށްދެނީ
ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަނީ
އޭއައިއާއެކު، ބީއެމްއެލްގެ ހިދުމަތް އޮޓަމޭޓް ކުރަނީ
އޭބީއޭގެ ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި
ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި
އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑައިރެކްޓަރަކަށް ފާރިހަތު
ބީއެމްއެލްއިން އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަނެއް
ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް
ގއ.ގެ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް