03 ސެޕްޓެމްބަރ 2017
ސަތާރަ އަހަރަށް ފަހު ގައުމީ ޓީމުން ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރުމުން ދެން ރާއްޖޭގެ ގޯލު ބަލަހައްޓާނެ ކީޕަރަކާ މެދު ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުގައި ފަލަސްތީނާއި ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ގޯލު ބެލެހެއްޓީ ނިއު ރޭޑިއަންޓްގެ ކީޕަރު މުހައްމަދު ފައިސަލް އެވެ. ގައުމީ ޓީމަށް ކުރިއަށް އޮތް އޮމާން މެޗަކީ ފައިސަލް އަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެކެވެ.
ސަތާރަ އަހަރަށް ފަހު ގައުމީ ޓީމުން ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރުމުން ދެން ރާއްޖޭގެ ގޯލު ބަލަހައްޓާނެ ކީޕަރަކާ މެދު ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުގައި ފަލަސްތީނާއި ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ގޯލު ބެލެހެއްޓީ ނިއު ރޭޑިއަންޓްގެ ކީޕަރު މުހައްމަދު ފައިސަލް އެވެ. ގައުމީ ޓީމަށް ކުރިއަށް އޮތް އޮމާން މެޗަކީ ފައިސަލް އަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެކެވެ.
ފަލަސްތީން އަތުން މާލޭގައި 3-0 އިން ބަލިވި މެޗުގައި ފައިސަލް ވަނީ ޖުމްލަކޮށް ބަލާއިރު ރަނގަޅަށް ކުޅެފަ އެވެ. ރާއްޖެ ކޮޅަށް ވަން ތިން ގޯލުގައި ފައިސަލް އަށް ވުރެން ބޮޑަށް ޑިފެންސްލައިނުން ހެދި ގޯސް ގިނަ އެވެ. އަދި އެ މެޗުގައި ރާއްޖެ ކޮޅަށް އިތުރު ލަނޑުތަކެއް ނުވަނުމުގައި ފައިސަލްގެ ދައުރު ބޮޑެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ތިމްޕޫގައި ބޫޓާންގެ މައްޗަށް 2-0 އިން ކުރިހޯދިއިރު މި މެޗުގައި ބޫޓާނުން ފޮނުވާލި ނުރައްކާތެރި ހަަމަލާތަކެއް ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި ބޫޓާންގެ ޗެންޗޯ ގެޔެސްޓެން މުޅިން ހުސްކޮށްހުރެ ފޮނުވާލި ދެ ހަމަލާއެއް ހިމެނެ އެވެ.
ގައުމީ ޓީމު މިދިޔަ އަހަރުތަކުގައި އޭޝިއާގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުތަކުގައި އެންމެ ބޮޑަށް ފާހަގަވީ ކުރީގެ ކީޕަރު އިމްރާންގެ ކުޅުމެވެ. ހަގީގަތުގައި އިމްރާންގެ ކޮންފިޑެންސް ރަނގަޅުވެ، ގިނަ އަހަރުތަކެއް ވަންދެން މޮޅު ކުޅުން ދެމެހެއްޓުމުގައި ރަށުން ބޭރު އޭނާ ދެއްކި ހިތްވަރަކީ ވަރަށް މުހިއްމު ބައެކެވެ. އޭނާ ރަށުން ބޭރުގައި ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗުން ވެސް މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އެވެ.
ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ސިފަކުރާ ގޮތުގައި ރާއްޖެ އަށް އޭޝިއަން ކަޕްގެ ޖާގައެއް ހޯދުމަށް މި ވަގުތަށް ބަލާއިރު އޮތް އެންމެ ބޮޑު ހުރަހަކީ އޮމާނެވެ. އޮމާނާ ދެކޮޅަށް ކުޅޭ ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕުން ރާއްޖެ އަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.
ފަލަސްތީނާ ދެކޮޅަށް ނުކުތް މެޗުގެ ތެރެއިން: ފައިސަލް (ކ.2) ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު.-- ފޮޓޯ: ނިޝާން އަލީ/މިހާރު
މި އަހަރު ކްލަބް ވެލެންސިއާގައި މާލޭ ލީގު ކުޅުމަށް ފަހު އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ގެއްލުމުން ފައިސަލް ވަނީ ގައުމީ ޓީމުގެ ޖާގަ ދެމެހެއްޓުމުގެ ގޮތުން ގަވާއިދުން ކުޅުމަށް ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ.
މާލޭ ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާ ކުޅުނު ގިނަ މެޗުތަކުގައި ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ބައެއް މެޗުތަކުގައި މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި އެވެ. ނިއު އަށް ބަދަލުވުމަށް ފަހު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ ފައިސަލް އެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުން ނިއު ވަނީ މޮޅުވެފަ އެވެ. ބަލިވީ މާޒިޔާ އަތުންނެވެ. އެ މެޗުގެ ދެ ގޯލު ވަނީ ދެ ހިލޭ ޖެހުމުންނެވެ.
ނިއުގެ ގޯލްކީޕަރު ޓްރެއިނަރު އަދި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) "މިހާރަ"ށް ބުނީ އޮމާން މެޗަކީ ގައުމީ ޓީމުގެ އިތުރުން ފައިސަލް އަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމަށެވެ.
"ގަތަރާ ދެކޮޅަށް މާލޭގައި އިމްރާން ދެއްކި ކުޅުމަށް ފަހު އޭނާ ރިޓަޔާކުރީމަ ގިނަ ބަޔަކު އެދިގެން ތިބީ ދެން އަންނަ ކީޕަރެއްގެ ފަރާތުން އެ ފަދަ ކުޅުމެއް ފެންނާނެ ކަމަށް. ފައިސަލް ގައުމީ ޓީމުގައި ކުޅުނު ދެ މެޗަށް ބަލާއިރު ރަނގަޅަށް ފެނިގެންދިޔައީ މިސްޓޭކްތަކެއް ނުހަދާ. މިއީ ފައިސަލަށް ވެސް ބޮޑު މެޗެއް. ހަގީގަތުގައި އޭނާ މަގާމު ދަމަހައްޓަން ވެސް ވަރަށް މުހިއްމު މެޗެއް،" ޑަކޭ ބުންޏެވެ.
ފައިސަލްއާ އެކު މި ފަހަރު ގައުމީ ޓީމުގައި ހިމެނުނު އަނެއް ދެ ކީޕަރުންނަކީ ށ. މިލަންދޫ ކީޕަރު މުހައްމަދު އިމްރާން އާއި ނިއުގެ ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން އިމްރާން އަންނަނީ މިލަންދޫ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ގައުމީ ޓީމު ކުޅުނު ބައެއް މެޗުތަކުގައި ކުޅެފަ އެވެ.
ކޮލިފައިން ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް އޭޝިއަން ކަޕްގެ ޖާގަލިބޭއިރު، ރާއްޖެ އޮތް ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތީ ފަލަސްތީނެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮމާން އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ތިން ވަނައިގައި އޮތް ރާއްޖެއާ އެއްވަރަށް ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ބޫޓާން އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރު ފައިސަލްގެ އިންޓަވިއު.-- ފޭސްބުކް/ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އޮމާން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 14-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ދެ ވަަނަ މެޗުން ފަލަސްތީން އަތުން ބަލިވީ 2-1 އިންނެވެ. ކޮލިފައިންގައި އިތުރަށް ކުރިއަށްދާން މި މެޗުން އޮމާނަށް ވެސް މޮޅެއް މުހިއްމެވެ. އެ ޓީމު ވަނީ ރާއްޖެ މެޗަށް ތައްޔާރުވާން އަމިއްލަ ގައުމުގައި ކުޅުނު އެކުވެރި ކަމުގެ މެޗުން އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެފަ އެވެ.
އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވާއިރު، އެއްވަރުވީ 2004 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުންނެވެ. އޭރާ މިހާރާއި އަޅާކިޔާއިރު އޮމާން ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. އޮމާނުން ވަނީ އޭޝިއާ ފުޓްބޯޅައިގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް އަމިއްލަ ގައުމުގައި ނަތީޖާ ނެރެފަ އެވެ. ކުރިން އޮސްޓްރޭލިއާ ގައުމީ ޓީމަށް ކޯޗުކޮށްދިން ޕިމް ވާބީކްގެ ކޯޗުކަމުގެ ދަށުން އޮމާން އެޓޭކިން ގޭމެއް ކުޅެމުން އަންނައިރު، މި މެޗު ވެގެންދާނީ ގައުމީ ޓީމުގެ ގޯލުގައި ފައިސަލް ކުރިމަތިލާނެ ބޮޑު އިމްތިހާނަކަށެވެ.
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ފައިސަލް އޮޕަރޭޝަން ކޮށްފި، ކުޅެވޭނީ ނުވަމަހަށްފަހު
އަނިޔާވެގެން ފައިސަލްއަށް ސާފް ޗެމްޕިއަންޝިޕް ގެއްލިއްޖެ
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ވަރުގަދަ ޓީމުތަކާ ކުޅެން ކުޅުންތެރިން ޖެހިލުމެއް ނުވޭ
އުޒްބެކިސްތާން އަތުންބަލިވެ ރާއްޖެއަށް ދޮރު ބަންދުވެއްޖެ
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ