ރާއްޖޭގެ ކުރީގެ މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީގެ ލަވަ ކިޔުންތެރިޔާ މަރުހޫމް އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދިރާގުން ހިތްގައިމު ޓްރިބިއުޓެއް ދީފި އެވެ.
03 ސެޕްޓެމްބަރ 2017
ރާއްޖޭގެ ކުރީގެ މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީގެ ލަވަ ކިޔުންތެރިޔާ މަރުހޫމް އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދިރާގުން ހިތްގައިމު ޓްރިބިއުޓެއް ދީފި އެވެ.
ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނައި ނާޝިދަށް ދިރާގުން ޓްރިބިއުޓެއް ދީފައި މި ވަނީ ނާޝިދުގެ ލަވަތަކުގެ ތެރެއިން "ތަކުރެއް ބަހެއް" މި ލަވައިގެ އާ ވާޝަނެއް ޔޮންޑާ މިއުޒިކް އެޕަށް ދޫކޮށްލުމާ އެކުގަ އެވެ. މި ލަވައަކީ 1996 ގައި ޒީރޯ ޑިގްރީ އެޓޯލް އިން ނެރުނު އެ ބޭންޑްގެ އެންމެ ކާމިޔާބު އަލްބަމް "ދޯނި" ގައި ހިމެނޭ ލަވަ އެެކެވެ.
"ތަކުރެއް ބަހެއް" ޓްރިބިއުޓް ދޫކޮށްލާފައި މި ވަނީ ރާއްޖޭގެ މިހާރުގެ މަޝްހޫރު ބައެއް ފަންނާނުންގެ އަޑުތަކާ އެކުގަ އެވެ. މީގެ ތެރޭގައި ނާޝިދުގެ ލެގަސީ ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ އޭނާގެ ދަރިފުޅު ނިޝް ނާޝިދު ވެސް ހިމެނެ އެވެ.
ލަވައިން ދެން އިވިގެން ދަނީ އައްފާން، އަދްލީ، އަހްމަދު އިބްރާހީމް (އައްމަޑޭ)، މަރިޔަމް އުނޫޝާ، ލައިޝާ ޖުނައިދު، އީމާން، ފެޒޫ، ފޫޖީ، ޒާރާ އަދި ހައިޝަމްގެ އަޑެވެ.
ދިރާގުން ނާޝިދަށް ދިން ޓްރިބިއުޓް.
"ތަކުރެއް ބަހެއް" ޓްރިބިއުޓް ލަވައިގެ ވީޑިއޯއެއް ވެސް ވަނީ ދިރާގުގެ ފޭސްބުކް ޕޭޖްގައި ހިމަނައިފަ އެވެ.
ޒީރޯ ޑިގްރީން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި އައިލެންޑް ޕަލްސް (1997) އަދި ބާޑް އިން ފްލައިޓް (2003) ހިމެނެ އެވެ.
މީގެ ތެރެއިން ވެސް "ދޯނި" އަލްބަމަކީ ވަރަށް ފާހަގަކޮށްލެވޭ އަލްބަމެކެވެ. އަނެއް ދެ އަލްބަމާ ހިލާފަށް "ދޯނީ" ގައި ހިމެނެނީ މުޅިން ވެސް ދިވެހި ރަހަތަކުން ޖަރީވެފައިވާ ދިވެހި ލަވަ އެވެ.
ނާޝިދު އުމުރުން 53 ގައި އަވަހަރާވީ އޮކްޓޯބަރު 10، 2016 ގަ އެވެ. އޭނާ އަވަހާރަވި އިރު އަދި ރިލީޒް ނުކުރާ އަލްބަމެއްގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ. އެއީ "ޖާނީ" އެވެ. ނާޝިދުގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އެ އަލްބަމް ވަރަށް އަވަހަށް ނެރޭނެ އެވެ.
ޒީރޯ ޑިގްރީ ނާޝިދުގެ ޓްރިބިއުޓް ޝޯ އަންނަ މަހު
ޒީރޯ ޑިގްރީ ނާޝިދަށް ޓްރިބިއުޓް ޝޯއެއް ބާއްވަނީ
ދިރާގުން އައިފޯން 17 ޕްރޯ ހުސްވެއްޖެ
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި