Roadha Mihaaru
އެމްޓީސީސީގެ ހިއްސާއަކަށް 24ރ. ބަހަން ފާސްކޮށްފި

އެމްޓީސީސީގެ ހިއްސާއަކަށް 24ރ. ބަހަން ފާސްކޮށްފި

29 އޯގަސްޓް 2017

އެމްޓީސީސީގެ ފައިދާއިން ހިއްސާއަކަށް 24ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

އެމްޓީސީސީގެ ފައިދާއިން ހިއްސާއަކަށް 24ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ފައިދާއިން 12 މިލިއަން ރުފިޔާ، ހިއްސާއަކަށް 24ރ. ގެ ރޭޓުން ބަހަން ފާސްކުރީ 194 ހިއްސާދާރުން ހާޒިރުވި ޖަލްސާގައި 99 ޕަސެންޓް ވޯޓު ލިބިގެންނެވެ.

ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 41 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 115.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފައިދާ، ކުރީ އަހަރާ އަޅާބަލާއިރު 26 ޕަސެންޓް ދަށްވި އިރު ސަރުކާރުން ފެރީ ހިދުމަތަށް ދެމުން އައި ސަބްސިޑީ ކަނޑާލުމުން ޑިސެމްބަރު މަހުގެ ނިޔަލަށް 30 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން އެކިއ ކަންކަމަށް 124.8 މިލިއަން ރުފިޔާ އިންވެސްޓްކުރި އެވެ. އެގޮތުން މިދިޔަ އަހަރު ދެ ޕްރީމިއަން ފެރީއަށާއި ޑަބަލް ޑެކާ ފެރީއަށް 18 މިލިއަން ރުފިޔާ އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީތައް ގަތުމަށް 76 މިލިއަން ރުފިޔާ އިންވެސްޓްކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.