30 މާޗް 2023
އެސްއޯއީތަކުގެ ފައިދާގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 148 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެސްއޯއީތަކުގެ ފައިދާގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 148 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފުތާއަކު އެ މިނިސްޓްރީން އާންމު ކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރު 1.1 ބިލިއަން ރުފިޔާ، ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިހާތަނަށް ލިބުނީ އޭގެ 13 ޕަސެންޓެވެ. އަދި ބާކީ 87 ޕަސެންޓު އަދި ނުލިބެ އެވެ.
މިދިޔަ އަހަރު ވެސް އެސްއޯއީ ތަކުން އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަހަރު ނިމުނު އިރު ލިބުނީ 640 މިލިއަން ރުފިޔާ އެވެ. އެއީ ލަފާކުރި އަދަދުގެ 60 ޕަސެންޓެވެ.
މި އަހަރު ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކުރީ އެމްއޭސީއެލުންނެވެ. އެ އިދާރާ އިން 537 މިލިއަން ރުފިޔާ ޑިިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެ އެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހޯދަން އޮތީ ދިރާގުންނެވެ. އެ ކުންފުނިން ޑިވެންޑެންޑްގެ ގޮތުގައި 250 މިލިއަން ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކުރެ އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު ޑިވިޑެންޑެއް ލިބޭނެ އޮތް އެމްޑަބްލިއުއެސްސީން 100 މިލިއަން ހޯދަން ބަޖެޓުގައި ޖަހާފައިވެ އެވެ.
ސަރުކާރުން އެސްއޯއީގެ ގޮތުގައި 30 ކުންފުންޏެއް އަންނަނީ ހިންގަމުންނެވެ. އެސްއޯއީތަކުގެ ތެރެއިން ފައިދާވަނީ މަދު ކުންފުންޏަކުންނެވެ. މި އަހަރުގެ ބަޖެޓުން ވެސް އެސްއޯއީތައް ހިންގުމަށް 760 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ކަނޑައަޅައިފަ އެވެ.
ތިންވަނަ ކުއާޓާގެ އެސްއޯއީތަކުގެ ފައިދާ 1.2ބިލިއަނަށް
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް އުނިކުރަނީ
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
ލަފާކުރި ވަރަށް ވުރެ ކުންފުނިތަކުގެ ޑިވިޑެންޑް އިތުރު
އެސްޓީއޯގެ ހިއްސާގެ ފައިދާ ދޫކުރުން ބުރާސްފަތި ދުވަހު
އިންވެސްޓުމަންޓުތައް އިތުރުކުރަން ކުންފުންޏެއް
ހަތަރު ވަނަ ކުއާޓަރުގައި ކުންފުނިތަކުގެ ފައިދާ ދަށަށް
އެމްޓީސީސީގެ ހިއްސާއަކަށް 24ރ. ބަހަން ފާސްކޮށްފި
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން