24 އޮކްޓޯބަރ 2024
ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 12،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައިން ވެސް 10 ޕަސެންޓް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 12،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައިން ވެސް 10 ޕަސެންޓް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށެވެ.
އެއީ، ސިޔާސީ އަދި ސިޔާސީ ނޫން މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ.
ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، ކުންފުނިތަކުގައި 12،000ރ. އަށް ވުރެ ކުޑަ މުސާރައެއް ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައިން އެއްވެސް ޕަސެންޓެއް ނުކަނޑާނެ އެވެ.
ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައަޅަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. ބައެއް ކުންފުނިތަކުގެ އޮނިގަނޑު އޮންނަ ގޮތުން އެތަންތަނުގެ ވެރިންނަށް މިހާރު 100،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން ވެސް 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވައިފަ އެވެ.
މީގެ އިތުރުން ރައީސްގެ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ރައީސްގެ މިހާރުގެ މުސާރައަކީ 100،000ރ. އެވެ. މި އިސްލާހާ އެކު ރައީސް ދެން ނަންގަވާނީ 50،000ރ. ގެ މުސާރައެކެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައި ވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ކުރިން އޮތީ ނިންމައިފަ އެވެ.
ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ވަނީ މިދިޔަ ހަފުތާގައި ނިންމަވައިފަ އެވެ. އެ ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ދައުލަތުގެ ވެރިންގެ މުސާރައިން 10ޕަސެންޓް އުނިކުރަނީ
އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ
މުސާރައިން 10 ޕަސެންޓް އުނިކުރަން ފަލާހު ނިންމަވައިފި
މުސާރަ އުނިކުރަން މަޖިލިސް ރައީސް ވެސް ނިންމަވައިފި
ރައީސްގެ މުސާރައިން 50 ޕަސެންޓް ނުނަގަން ނިންމަވައިފި
ހަރަދު ކުޑަކުރަން ސިޔާސީ މުވައްޒަފުން ވަކިކުރަނީ
އެމެރިކާ ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ޕީސީބީގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކުރަނީ