29 އޯގަސްޓް 2017
ރާމުﷲ (އޮގަސްޓް 29) - ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް ހައްލު ހޯދުމަށް ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.
ރާމުﷲ (އޮގަސްޓް 29) - ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް ހައްލު ހޯދުމަށް ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ދޫކޮށްލައިގެން ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ރާމުﷲ އަށް ވަޑައިގެން ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲއާ ބައްދަލު ކުރައްވާ ގުޓަރޭޒް ވިދާޅުވީ އިޒްރޭލް ފަލަސްތީނު މައްސަލައިގެ އިތުރު ހައްލެއް ނެތް ކަމަށެވެ.
"މެދުއިރު މައްޗަށް ސުލްހަ ހޯދަން އދ.ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. އަދި ދެ ދައުލަތް އުފައްދައިގެން އިޒްރޭލް-ފަލަސްތީނު މައްސަލަ ހައްލު ކުރަން އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ވެސް ފުރިހަމަ އެހީތެރިކަން ލިބޭނެ. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިދަނީ ދެ ދައުލަތް އުފެއްދުމަށް ޕްލޭން ބީ އެއް ނެތް ކަމަށް،" ގުޓަރޭޒް ވިދާޅުވި އެވެ.
ފަލަސްތީން-އިޒްރޭލް މައްސަލަ އަށް ދެ ދައުލަތް އުފައްދައިގެން ހައްލު ހޯދުމަކީ 1990 ގެ އަހަރުތަކުން ފެށިގެން ބައިންލައަގުވާމީ ޑިޕްލޮމެސީގައި ގެންގުޅެމުން އައި ޚިޔާލެކެވެ. ނަމަވެސް ދާދި ފަހުން ވަނީ މި ޚިޔާލަށް ހުއްޓުމެއް އައިސްފަ އެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގެ ބިންތައް ދޫނުކުރާނެ ކަމަށް ބުނެފަ އެވެ. ފަލަސްތީނުން ބުނަނީ އެއީ ކުރިމަގުގައި އުފެދޭ އެ ގައުމުގެ ސަރުކާރުގެ މުހިންމު ބަޔަކަށް ވާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަަމަވެސް ދެ ދައުލަތް ގާއިމް ކުރުމުގެ ޚިޔާލަށް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ގުޓަރޭޒް ފަލަސްތީނަށް ވަޑައިގެންނެވީ އިޒްރޭލުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.
ދެ ދައުލަތާ ދެކޮޅުހެދުން ބަލައެއް ނުގަނެވޭ: އދ
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ނަތަންޔާހޫގެ ނިންމުން ދުނިޔޭގެ ގާނޫނާ ޚިލާފު: އދ
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އާ މަސައްކަތެއް
ރެފިއުޖީ އެޖެންސީއާ އިޒްރޭލުން ގުޅުން ކަނޑާލައިފި
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް
ފަލަސްތީނުގައި "އުންރުވާ" މަނާކޮށްފި
އދ.ގެ ވެރިޔާ އިޒްރޭލަށް އެތެރެވުން މަނާކޮށްފި
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި