Roadha Mihaaru
މަފާޒުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

މަފާޒުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

28 އޯގަސްޓް 2017

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކެފޭއެއްގައި އިންދާ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކެފޭއެއްގައި އިންދާ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެެވެ.

އުމުރުން 24 އަހަރުގެ ނަދީމްގެ ބޮލަށް ވަޅިހަރައި މަރާލި މައްސަލާގައި ގ. ޖެލީ ފިޝްގެ ބަލާ ފާސްކޮށް މަފާޒު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ. އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަފާޒު ބަންދުގައި ބެހެއްޓުމަށް ކޯޓުން މިިދިޔަ ހޮނިހިރު އިތުރު 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ފުލުހުން އާއްމުކުރި ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މަފާޒަކީ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި އިރު މޮނިކޮން އަމުރުގެ ދަށުން ޓެގް އެޅުވި މީހެކެވެ. އެ އަމުރާ ހިލާފު ވެގެން އޭނާގެ މައްޗަށް ވަނީ ދައުވާކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވެސް އަމުރުކޮށްފަ އެވެ. އޭނާ މިނިވަންވެފައިވަނީ އެ ހުކުމް ތަންފީޒުކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

ހއ. ތަކަންދޫ ޒުވާނެއް ކަމަށްވާ ނަދީމަށް ދިން ހަމަލާއަށް ފަހު މަރުވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހެވެ.