26 އޯގަސްޓް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް، އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައިވީ ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެއަށް އަމަލު ނުކުރާ ކަމަށް ބުނެ ގާސިމްގެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް، އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައިވީ ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެއަށް އަމަލު ނުކުރާ ކަމަށް ބުނެ ގާސިމްގެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާސިމް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓުން ކުރި ހުކުމުގައި ވަނީ އެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރާއެކު، ގާސިމްގެ ޕާސްޕޯޓު ވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދޫކޮށްފަ އެވެ.
ގާސިމްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިއަދު ވިދާޅުވީ، ކޯޓުގެ ހުކުމަށް ފަހު މިހާތަނަށް ވެސް ގާސިމް ބޭރަށް ގެންދެވޭނެ ގޮތެއް ހަމަނުޖެހި އައިޖީއެމްއެޗުގައި އޮންނެވުމަކީ އާއިލާ އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ކޯޓުން ކޮށްފައިވާ ހުކުމުގެ އެެއްބައި ކަރެކްޝަނަލް ސާވިސް އިން ތަންފީޒު ކުރުމަކީ ކަންބޮޑުވާ ކަމެއް. އެ ހުކުމާ ގުޅިގެން ކަރެލްޝަނަލް ސާވިސް އިން ގާސިމާ ހަވާލުވެގެން ހޮސްޕިޓަލްގައި ތިބުމަކުން އަދިއެއް ނުފުދޭ. އޮނަރަބަލް ގާސިމް ވީހާވެސް އަވަހަކަށް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ޑޮކްޓަރު އެ އޮތީ ލަފާ ދެއްވާފައި. އެކަމަށް ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކޮށްދޭންޖެހޭ،" ސަމީރު ވިދާޅުވި އެވެ.
ގާސިމް މިދިޔަ ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން އައިޖީއެމްއެޗަށް ގެންދިއުމަށްޓަކައި ސްޓްރެކްޗަރުގައި އެމްބިއުލާންސަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ރޭ ވިދާޅުވީ ގާސިމް ރާއްޖެ އިން ބޭރަށް ގެންދިއުމަށް ބޭނުންވާ ލިޔުންތައް ވެސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކަރެކްޝަނަލް ސާވިސްގައި އެކުލަވާލާފައިވާ މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ރޭ ބާއްވައި ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވަން ލަފާދީފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ގާސިމް ރާއްޖެއިން ބޭރަށް ގެންދެވެން އޮތީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެންނެވެ. އެކަމަކު އައިޖީއެމްއެޗްގައި ހުންނަނީ ހިތުގެ ޚާއްސަ އެންމެ ޑޮކްޓަރެކެވެ. ޑރ. އަލީ ޝަފީގް ފިޔަވައި، ހިތުގެ އިތުރު ޑޮކްޓަރެއް ނެތުމުން އިތުރު ޑޮކްޓަރެއް ނެތް ކަމުގެ ލިޔުމެއް ކަރެކްޝަންސް އިން ބޭނުންވާތީ ދީފައިވާ ކަމަށް ސަމީރު ރޭ ވިދާޅުވި އެވެ.
"މިހާ ހިސާބަށް ވެސް އޮނަރަބްލް ގާސިމް ބޭސްފަރުވާ އަށް ފުރާވަޑައިގަތުމުގެ ހުއްދަ ނުދެއްވައި ތިއްބަވާއިރު، އެމަނިކުފާނުގެ ފުރާނަފުޅަށް އެބޭފުޅުންގެ [ކަރެކްޝަނަލް ސާވިސް] އިހުމާލުން ގެއްލުމެއް ލިބިއްޖިއްޔާ ޒިންމާ ނަގާނީ ކާކުތޯ؟ ކަރެކްޝަނަލް ސާވިސް އިން ބޭނުންހާ ދުވަހަކު އޮނަރަބްލް ގާސިމް ބޭސްފަރުވާ އަށް ފުރުވާލަން ތިބުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން. ކޯޓުގެ ހުކުމުގެ އަނެއްބައިގައި ބުނެފައި އެ އޮތީ އެމަނިކުފާނުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދަން ބޭނުންވުމުން އެކަން ކޮށްދިނުމަށް އަންގާފައި،" އޭނާ ވިދާޅުވި އެވެ.
ގާސިމް މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރީ، އޭނާގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް ބޮލަށް އެނބުރުން އަރައި ވެއްޓުމުންނެވެ. ގާސިމް ވަގުތުން އެމްބިއުލާންސްގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ގެންދިއުމުން އެތަނުގެ ސީނިއާ ކޮޮންސަލްޓެންޓް އިން ކާޑިއޮލޮޖީ ޑޮކްޓަ އަލީ ޝަފީގު ބެއްލެވުމަށް ފަހު ދެއްވި ލިޔުމުގައިވާ ގޮތުން ހިތުގެ ދެ ޓެސްޓެއް ހެދުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގާސިމް ގެންދަން ޖެހެ އެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ގާސިމް ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ
އެއީ ރާއްޖެ އިން ހެދެން ނެތް ޓެސްޓެއް ކަމަށާއި އިތުރަށް ލަސްކޮށްފި ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑރ. އަލީގެ ލިޔުމުގައިވެ އެވެ.
ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އައީ ރައްޔިތުންގެ މަޖިލީހުގެ ރަީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާ ދެކޮޅަށް ވޯޓްދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން މ. ކުނޫޒުގައި މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުކުމްކުރިއިރު ގާސިމް އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އެހެންވެ ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ހުކުމުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތް ކުރައްވައި، ގާސިމް ދެއްކެވި ވާހަކައަކީ ގާނޫނީ އިމުގެ ތެރެއިން ދެއްކެވި ވާހަކައެއް ކަން އޭނާ އަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.
ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި: ވަކީލުން
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
ކަރެކްޝަންސް އިން ގާސިމާ ހަވާލުވެއްޖެ
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް
ގާސިމް ވަނީ ގަވައިދާ ޚިލާފުވެފައި: އަޒްލީން
ޖަރުމަން ސަރުކާރުގެ ހުއްދައަކާއެކު ގާސިމް ޖަރުމަނަށް
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ