25 އޯގަސްޓް 2017
ސޯލް (އޮގަސްޓް 25) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ސައުތު ކޮރެއާގެ ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައި-ޔޮން އަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
ސޯލް (އޮގަސްޓް 25) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ސައުތު ކޮރެއާގެ ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައި-ޔޮން އަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
ލީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ރިޝްވަތާއި ޚިޔާނާއި ދޮގު ހެކި ދިނުމުގެ މައްސަލަތަކެކެވެ. މި މައްސަލަތައް ގުޅިފައި ވަނީ ދެކުނު ކޮރެއާގެ ރައީސްކަމުން ޕާކް ގުއެން-ހައި ދުރު ކުރަން ޖެހުނު ބޮޑު ކޮރަޕްޝަނާ އެވެ.
ލީގެ ވަކީލް ބުނީ މި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ. އަދި ހުކުމަށް ބަދަލު އަންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ވަކީލް ބުންޏެވެ.
ބޮޑެތި ކުންފުނިތަކުން ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ތުހުމަތުކުރެވޭ އެތައް މިލިއަން ޑޮލަރެއް ރައީސް ޕާކުގެ އެކުވެރިއެއްގެ ޖަމިއްޔާއެއް މެދުވެރިކޮށް ރައީސް ނަންގަވާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތަށް ފައިސާ ދިން ކުންފުނިތަކުގެ ތެރޭގައި ސެމްސަން ހިމެނޭ ކަމަށާއި ދެ ކުންފުންޏެއް އެއްކޮށްލުމަށް ހިންގި މައްސަލަ ބޮޑުވި މުއާމަލާތަކަށް ހުއްދަ ހޯދުމަށް ސެމްސަން އިން 41 ބިލިއަން ވޮން (36.3 މިލިއަން ޑޮލަރު) ދިން ކަމަށް ޕްރޮސިކިއުޓަރުން ބުނެ އެވެ. މި މައްސަލައިގައި ޕްރޮސެކިއުޓަރުން ފުރަތަމަ މަސައްކަތް ކުރީ ލީ އަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
މި ފައިސާ ދިން ކަމަށް ސެމްސަން އިން އެއްބަސްވެ އެވެ. ނަމަވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަށް އެ ފައިސާ ދިނީ ބަދަލުގައި އެއްވެސް ކަމެއް ބޭނުންވެގެން ނޫން ކަމަށް ސެމްސަން އިން ވަނީ ބުނެފަ އެވެ.
ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ސްމާޓް ފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނީގެ ވެރިޔާ ވަނީ ފެބްރުއަރީ މަހުން ފެށިގެން ބަންދުކޮށްފަ އެވެ.
ސެމްސަންގްގެ ވެރިޔާ ޕެރޯލްގެ ދަށުން މިނިވަންކޮށްފި
ސެމްސަންގުގެ އާ ޗެއާމަން ދެ އަހަރަށް ޖަލަށް
ސެމްސަން ކުންފުނީގެ ވެރިޔާގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފި
ރައީސާއާ ގުޅޭ ކޮރަޕްޝަން މައްސަލަ ސެމްސަން ކުންފުންޏަށް
އެފްއޭއެމުން 3މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި
ސެމްސަންގްގެ އަހަރުގެ ފުރަތަމަ އިވެންޓް އަންނަ މަހު
ސެމްސަންގް އެސް21 ސީރީޒްގެ އާ ފޯނެއް
ސެމްސަންގްގެ ބިޔަ މަޝްރޫއެއް ޓެކްސެސްއަށް
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން