Roadha Mihaaru
ބާސެލޯނާގައި ހަމަލާ ދިނީ އައިއެސް އިން ކަމަށް ބުނެފި

ބާސެލޯނާގައި ހަމަލާ ދިނީ އައިއެސް އިން ކަމަށް ބުނެފި

18 އޯގަސްޓް 2017

ބާސެލޯނާ (އޮގަސްޓް 18) - ސްޕޭނުގެ ބާސެލޯނާގައި ބައެއްގެ ގައިގައި ވޭނަކުން ޖައްސާ 13 މީހުން މަރާލާ 100 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާސެލޯނާ (އޮގަސްޓް 18) - ސްޕޭނުގެ ބާސެލޯނާގައި ބައެއްގެ ގައިގައި ވޭނަކުން ޖައްސާ 13 މީހުން މަރާލާ 100 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.

ބާސެލޯނާގައި ޓޫރިސްޓުން ގިނަ އަދަދަކަށް ގޮސް އުޅޭ ޓައުނެއް ކަމަށްވާ ލަސް ރަމްބްލާސްގައި ރޭ ވޭނުން ޖެއްސި ޑްރައިވަރު ވަނީ ފިލައިފަ އެވެ. އެކަމަކު މި ހަމަލާއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ސްޕޭން ފުލުހުން ހައްޔަރުކޮށްފަ އެވެ. ފުލުހުން ވަނީ އެ ސިޓީ ބަންދުކޮށް ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

"ބާސެލޯނާގައި ހަމަލާ ދިނީ އައިއެސްގެ ސިފައިން،" އައިއެސްގެ ރަސްމީ ނޫސް އެޖެންސީ އައުމާގެ ޓެލެގްރާމް މެސެޖެއްގައި ބުނެފައިވެ އެވެ.

އައުމާގުން ބުނެފައި ވަނީ އިރާގައި ސީރިއާ އަށް ހަމަލާ ދޭ އެމެރިކާ ކޯލީޝަނުގައި ބައިވެރިވެފައިވާ ގައުމުތަކަށް ހަމަލާ ދިނުމަށް އެ ޖަމާއަތުން ގޮވާލާފައިވާ ކަމަށެވެ.

ސްޕޭނުގެ ނޫސްތަކުން ބުނެފައި ވަނީ ހަމަލާ ދިނީ 18 އަހަރުގެ މޫސާ އޫކާބިރު ކިޔާ ޒުވާނެއް ކަމަށެވެ. އަދި އޭނާ ވޭން ކުއްޖަށް ހިފާފައި ވަނީ އޭނާގެ ބޭބެގެ ނަމުގައި ކަމަށް ވެސް ނޫސްތަކުން ބުނެފައިވެ އެވެ. އޭނާގެ ބޭބެ ދްރިސް އޫކާބިރު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މޮރޮކޯ އަށް އުފަންވެފައިވާ ދްރިސް ފުލުހުންނަށް ބުނި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ އޭނާ ހަމަލާގައި ބައިވެރި ނުވާ ކަމަށެވެ. އަދި ވޭން ކުއްޔަށް ހިފީ އޭނާގެ ލިޔުންތައް ވަގަށް ނަގައިގެން ކަމަށް ބުނެފައިވެ އެވެ.

ލަސް ރަމްބްލާސްގެ ގަމަލާ އަށް ފަހު ދެ ވަނަ ހަމަލާއެއް ދޭން އުޅުނު ފަސް މީހަކު ސްޕޭން ފުލުހުން ވަނީ މަރާލައިފަ އެވެ. ފުލުހުން ބުނީ ކެމްބްރިލްސްގައި ހަމަލާ ދޭން އުޅުނު މީހުންނާ ބާސެލޯނާ ހަމަލާއާ ގުޅުން އެބައޮތް ކަމަށެވެ.