22 އޯގަސްޓް 2017
ބާސެލޯނާ (އޮގަސްޓް 22) - ސްޕޭނުގެ ބާސެލޯނާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެތައް ބައެއްގެ ގައިގައި ވޭނަކުން ޖެއްސި ޑްރައިވަރު ސްޕޭން ފުލުހުން ބަޑިޖަހާ މަރާލައިފި އެވެ.
ބާސެލޯނާ (އޮގަސްޓް 22) - ސްޕޭނުގެ ބާސެލޯނާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެތައް ބައެއްގެ ގައިގައި ވޭނަކުން ޖެއްސި ޑްރައިވަރު ސްޕޭން ފުލުހުން ބަޑިޖަހާ މަރާލައިފި އެވެ.
ބާސެލޯނާގައި ގިނަ އަދަދަކަށް ޓޫރިސްޓުން ގޮސް އުޅޭ ލަސް ރަމްބްލާސްގައި ހިންގި މި އެކްސިޑެންޓުގައި 13 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. ސްޕޭން ފުލުހުން ބުނެފައި ވަނީ ވޭން ދުއްވީ މޮރޮކޯ އަށް އުފަން ޔޫނުސް އަބޫޔައުގޫބު ކިޔާ މީހެއް ކަމަށެވެ. ފުލުހުން ބަޑިޖަހާ އޭނާ މަރާލީ ބާސެލޯނާގެ ހުޅަނގުން 24 މޭލު ދުރުގެ ސަރަހައްދަކުންނެވެ. ހަމަލާ ދިން އިރު އޭނާ ހުރީ ގޮވާތަކެތި ހަރުކޮށްފައިވާ ފޭކް ބެލްޓެއް އަޅުވައިގެން ކަމަށް ފުލުހުން ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ ހާދިސާ އަށް ފަހު ޑްރައިވަރު ހޯދުމަށް ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އަބޫއައްޔޫބު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޕެޓްރޯލް ސްޓޭޝަނެއްގެ މުވައްޒަފެކެވެ.
ބާސެލޯނާގައި ވޭނުން ޖެއްސި ޑްރައިވަރު ހުރި ތަނާ ބެހޭ މައުލޫމާތު ފުލުހުންނަށް ދިނީ ޕެޓްރޯލް ސްޓޭޝަނުގެ މުވައްޒަަފަކު. --ފޮޓޯ:އޭއެފްޕީ
ފުލުހުން ކުރިން ބުނެފައި ވަނީ ވޭނުން ޖެއްސުމަށް ފަހު އަބޫއައްޔޫބު ވަނީ ފައި މަގުގައި އެ ސަރަހައްދުން ފިލައިފައި ކަމަށެވެ. އަދި އޭނާ ފަހުން ވަނީ ކާރެއް ހައިޖެކް ކުރުމަށް ފަހު އޭގެ ޑްރައިވަރަށް ހަމަލާދީ އެ ކާރުގައި ފިލާފައި ކަމަށް ބުނެފައިވެ އެވެ. އަބޫއައްޔޫބު ހިނގާފައިދާ މަންޒަރުގެ ސީސީޓީވީ ފުޓޭޖް ފުލުހުންނަށް ވަނީ ލިބިފަ އެވެ.
ސްޕޭން ފުލުހުން ބުނީ އެ ގައުމުގެ އެކި ހިސާބުތަކުގައި ހަމަލާ ދޭން ރާވާފައި ވަނީ 12 މީހުންގެ ގްރޫޕަކުން ކަމަށެވެ. މީގެ ތެރޭން އަށް މީހުން މަރާލުމަށް ފަހު ހަތަރު މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސްޕޭނުގައި ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުގެ ރަސްމީ ނޫސް އެޖެންސީން ވަނީ ބުނެފަ އެވެ.
ސްޕޭނަށް އިތުރު ހަމަލާ ދޭނެކަމަށް އައިއެސްގެ އިންޒާރެއް
ބާސެލޯނާގައި ހަމަލާ ދިން މީހާ ހޯދަން ފަށައިފި
ބާސެލޯނާގައި ހަމަލާ ދިނީ އައިއެސް އިން ކަމަށް ބުނެފި
ބާސެލޯނާގައި ވޭނަކުން ޖައްސާ 13 މީހުން މަރާލައިފި
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔަމާލްގެ ބައްޕަ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް