19 އޯގަސްޓް 2017
ބާސެލޯނާ (އޮގަސްޓް 19) - ސްޕޭނުގެ ބާސެލޯނާގައި ވޭނަކުން ޖައްސާ ގިނަ ބަޔަކު މަރާލި ޑްރައިވަރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ބާސެލޯނާ (އޮގަސްޓް 19) - ސްޕޭނުގެ ބާސެލޯނާގައި ވޭނަކުން ޖައްސާ ގިނަ ބަޔަކު މަރާލި ޑްރައިވަރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ބާސެލޯނާގައި ޓޫރިސްޓުން ގިނަ އަދަދަކަށް ގޮސް އުޅޭ ޓައުނެއް ކަމަށްވާ ލަސް ރަމްބްލާސްގައި ބުރާސްފަތި ދުވަހުގެ ރޭ ވޭނުން ޖެއްސުމުން 13 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ވޭން ދުއްވާފައި ވަނީ މޮރޮކޯ އަށް އުފަން ޔޫނުސް އަބޫއައްޔޫބު ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ވޭނުން ޖެއްސުމަށް ފަހު ފައި މަގުގައި ގޮސް އޭނާ ވަނީ ފިލައިފަ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ވޭން ދުއްވީ އުމުރުން 17 އަހަރުގެ މޫސާ އޫކާބިރު ކިޔާ މީހެއް ކަމަށެވެ. ނަމަވެސް އޭނާ ވަނީ ބާސެލޯނާގެ ހުޅަނގުން އޮންނަ ކެމްބްރިލްސްގައި ދޭން އުޅުނު ދެ ވަނަ ހަމަލާގައި މަރާލި ފަސް މީހުންގެ ތެރޭގައި ހިމެނިފަ އެވެ.
ސްޕޭނުގެ ދާޚިލީ ވަޒީރު ހުއާން އިގްނާސިއޯ ޒޮއިޑޯ މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ދޭން އުޅުނު ހަމަލާތަކާ ގުޅިގެން އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް ޓޫރިސްޓް އޭރިޔާތަކުގެ ސަލާމަތީ ހާލަތު މައްޗަށް ޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާސެލޯނާގައި ވޭނުން ޖެއްސި ހާދިސާ ހިންގީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުގެ ރަސްމީ ނޫސް އެޖެންސީން ވަނީ ބުނެފަ އެވެ.
ސްޕޭނަށް އިތުރު ހަމަލާ ދޭނެކަމަށް އައިއެސްގެ އިންޒާރެއް
ބާސެލޯނާގައި ވޭނުން ޖެއްސި ޑްރައިވަރު މަރާލައިފި
ބާސެލޯނާގައި ހަމަލާ ދިނީ އައިއެސް އިން ކަމަށް ބުނެފި
ބާސެލޯނާގައި ވޭނަކުން ޖައްސާ 13 މީހުން މަރާލައިފި
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔަމާލްގެ ބައްޕަ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް