Roadha Mihaaru
އެޕަލް އަށް ގޫގުލް އިން 3 ބިލިއަން ޑޮލަރު

ޑިފޯލްޓް ސާޗް އެންޖިން ދަމަހައްޓަން ގޫގުލް އިން އެޕަލް އަށް 3 ބިލިއަން ޑޮލަރު

16 އޯގަސްޓް 2017

އެޕަލް އަށް ތިން ބިލިއަން ޑޮލަރު މި އަހަރު ގޫގުލް އިން ދައްކާނެ ކަމަށް ވެ އެވެ. އެއީ "ޑީފޯލްޓް ސާޗް އިންޖީން" ގޮތުގައި އައިފޯން އަދި އައިޕެޑްގައި ދެމިއޮތުމަށެވެ. ގޫގުލް އިން މީގެ ތިން އަހަރު ކުރިން ހަމަ އެ ބޭނުމުގައި އެޕަލް އަށް ދައްކާފައި ވަނީ އެއް ބިލިއަން ޑޮލަރެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އަށް ތިން ބިލިއަން ޑޮލަރު މި އަހަރު ގޫގުލް އިން ދައްކާނެ ކަމަށް ވެ އެވެ. އެއީ "ޑީފޯލްޓް ސާޗް އިންޖީން" ގޮތުގައި އައިފޯން އަދި އައިޕެޑްގައި ދެމިއޮތުމަށެވެ. ގޫގުލް އިން މީގެ ތިން އަހަރު ކުރިން ހަމަ އެ ބޭނުމުގައި އެޕަލް އަށް ދައްކާފައި ވަނީ އެއް ބިލިއަން ޑޮލަރެވެ.

ރިޕޯޓްތަކުން އެނގޭ ގޮތުގައި ގޫގުލް އިން އެޕަލް އަށް ދައްކާ ފައިސާ އަކީ މުޅިން ވެސް ފައިދާ އެވެ. ގޫގުލް އަށް ޚިދުމަތްދިނުމަށްޓަކައި އެޕަލް އިން އެއްވެސް ޚަރަދެއްކުރާކަށް ނުޖެހެ އެވެ. އެހެންކަމުން، އެޕަލް އަށް ކުރަންޖެހިފައި ވާ ޚަރަދުން ބޮޑު ބައެއް، އެ ފައިސާއިން ހަމަޖެއްސެ އެވެ.

އެޕަލް އިން އެހާ ބޮޑު އަދަދެއް ގޫގުލް އިން އަތުލުމަކީ ނުރައްކާތެރި ކަމެއް ގޮތުގައި ސެކިޔުރިޓީ މާހިރުން ސިފަކުރެ އެވެ. އެއީ އަހަރަކަށް ވުރެ އަހަރެއް އެ އަދަދު ބޮޑުކުރަމުން ދާތީ އެވެ. އެޕަލް އިން ގޫގުލް އަށް ލުޔެއް ނުދީފި ނަމަ، އެޕަލް ދޫކޮށް ގޫގުލް ދިއުމަކީ ވެސް ވެދާނެ ކަމަށް ކަމަށް ސެކިޔުރިޓީ މާހިރުން ދެކެ އެވެ.

އައިފޯންގައި "ޑީފޯލްޓް ސާޗް އިންޖީން" އަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޫގުލް އެވެ. އެއާ އެކު އައިފޯން އަދި އައިޕެޑްގެ ހޯމް ސްކްރީންގައި، ޔޫޓިއުބް އާއި ގޫގުލް މެޕްސް އަށް ޒަމާންތަކެއް ވަންދެން ވަޒަންވެރިވެވުނެވެ. އެހެން ނަމަވެސް، އެޕަލް އިން އައިއޯއެސް އަށް ގެނައި ތަރައްގީގައި، ޔޫޓިއުބް އަދި ގޫގުލް މެޕްސް އަށް ވެސް ވަނީ ވަޒަން ގެއްލިފަ އެވެ. ފަހަރެއްގައި އެޕަލްގެ ވިސްނުމަކީ އެ އެޕްލިކޭޝަންތަކަށް ވެސް ލައިސަންސް ފީއެއް ނެގުން ކަމަށް ވެދާނެ އެވެ.