30 ސެޕްޓެމްބަރ 2018
އެޕަލް އިން ކޮށްދޭ ވަރަށް ކުޑަ ކަމަކަށް، ގޫގުލް އިން ނުވަ ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި މުއާމަލާތާ ގުޅޭ ގޮތުން، ދެ ކުންފުނިން ކުރެ ކުންފުންޏަކުން، އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، އެޕަލް އަށް އެހާ ބޮޑު އަދަދެއް ގޫގުލް އިން ދައްކަނީ އައިއޯއެސް ޑިވައިސްތަކުގައި ބޭނުންކުރާ ސަފާރީ އިންޓަނެޓް ބްރައުޒާގެ ރަސްމީ ސާޗް އިންޖީނަކަށް "ގޫގުލް ސާޗް" ހެދުމަށެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުގައި، ސަފާރީގައި ބްރައުޒާގެ ސާޗް އިންޖީންގެ ގޮތުގައި އޮތުމަށް ގޫގުލް އިން ދައްކަންޖެހޭ އަދަދު އަންނަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ. އައިފޯން އަދި އައިޕެޑް ބޭނުންކުރާ މީހުން ސަފާރީ ބްރައުޒާ ބޭނުންކުރާ ނަމަ، "ސާޗް އިންޖީން"އެއް ގޮތުގައި އާންމުކޮށް ބޭނުންކުރެވޭނީ، ގޫގުލް ސާޗް އެވެ. މި މުއާމަލާތް މި ގޮތުގައި ދެމެހެއްޓުމަށް ގޫގުލް އިން އެދެން ފެށީންސުރެ، އެޕަލް އަށް ބޮޑު އަދަދެއް ދައްކަންޖެހެވެ. އެއް ބިލިއަން ޑޮލަރު ތިން ބިލިއަނަށް އިތުރުވެ، މި އަހަރު އެ ވަނީ ނުވަ ބިލިއަނަށް އަރައިފަ އެވެ. މި އަދަދު އަންނަ އަހަރު 12 ބިލިއަނަށް އިތުރުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ގޫގުލް އިން މިހާ ބޮޑު އަދަދެއް އެޕަލް އަށް ދެއްކި ނަމަވެސް، ގޫގުލް އަށް ފައިދާނުވާ ނަމަ މިއީ ކުރާނެ ވިޔަފާރިއެއް ނޫނެވެ. ގިނަ ޑިވައިސްތަކުގައި ގޫގުލް ސާޗް ބޭނުންކުރުމުން ގޫގުލް އަށް އޮތް ފައިދާ އަކީ، ގޫގުލް އިން އިންޓަނެޓްގައި ކުރާ ވިޔަފާރި އިޝްތިހާރުތައް ގިނަ ބަޔަކަށް ފެނުމެވެ.
އިންޓަނެޓްގައި އިޝްތިހާރުކުރުމަކީ ގޫގުލް އިން ކުރާ ބިޔަ ވިޔަފާރިއެކެވެ. ވިޔަފާރި ކުންފުނިތަކުން ގޫގުލްއާ ހަވާލުކޮށްގެން ކުރާ އިޝްތިހާރުގެ ސަބަބުން، މާލީ ތަނަވަސްކަން، ގޫގުލް އަށް އަދި ކުންފުނިތަކަށް ވެސް ލިބެ އެވެ.
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އެޕަލްގެ ސަބަބުން ވާދަވެރިންނަށް ފުރުސަތު ގެއްލޭ
އެޕަލް އިން ވާދަވެރިންނަށް ފުރުސަތުދެނީ
އައިއޯއެސް 13 އައިފޯންތަކަށް އައިއޯއެސް 14 ލިބިދާނެ
ނޮޓިފިކޭޝަނަކާ ހެދި އައިފޯން ކްރޭޝްވަނީ
ކޮވިޑް-19އާ ގުޅުން ހުރި އެޕްތައް އެޕަލް އިން ބަލަނީ