Roadha Mihaaru
ކޮވިޑް-19އާ ގުޅުން ހުރި އެޕްތައް އެޕަލް އިން ބަލަނީ

އެޕް ސްޓޯރުގައި ހުރި ކޮވިޑް-19އާ ގުޅޭ އެޕްތައް އެޕަލް އިން ބަލައި ފާސްކުރަނީ

17 މާޗް 2020

ކޮރޯނާވައިރަސް އަދި ކޮވިޑް-19އާ ގުޅޭ މައުލޫމާތު ހިމެނޭ އެޕްލިކޭޝަންތައް، އެޕަލް އެޕް ސްޓޯރަށް ލުމުގައި، ސަމާލުވާންޖެހޭ ކަންކަން އެޕަލް އިން ކިޔައިދީފި އެވެ. މި ކަންކަމަށް ބަލާއިރު، އެޕަލް އިން ދޭން ބޭނުންވާ މެސެޖަކީ، ސައްހަކަން ކަށަވަރުވެފައި ނެތް އަދި ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް އެޕްލިކޭޝަނެއް، އެޕް ސްޓޯރުގައި ނުބެހެއްޓޭނެ ކަމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮވިޑް-19އާ ގުޅޭ މައުލޫމާތު ފަތުރަން އެދޭ ނަަމަ އެ އެޕްލިކޭޝަނެއް ނިސްބަތްވާން ޖެހޭނީ، ސަރުކާރުގެ އިދާރާއަކަށް، ދާއިރާ ކަށަވަރުކުރެވެން ހުރި "އެންޖީއޯ" އަކަށް ނުވަތަ ބޭސްވެރިކަމާއި ތައުލީމާ ގުޅުން ހުރި މަރުކަޒަކަށް އަދި ރެޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏަކަށް ކަމަށް އެޕަލް އިން ބުނެ އެވެ.

ކޮވިޑް-19އާ ގުޅުވައި އެޕްލިކޭޝަނެއް އުފެއްދި ނަމަވެސް، އެޕްލިކޭޝަން ދަރަޖަކުރުމުގައި، "ގޭމް" ނުވަތަ "މުނިފޫހިފިލުވުން" ފަދަ މައުލޫއެއް އިޚުތިޔާރުނުކުރެވޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.

އެޕަލް އެޕް ސްޓޯރަކީ ސައްހަކަން ކަށަވަރުކުރެވިފައި އޮތް މާހައުލަކަށް ހެދުމަށް އެޕަލް އިން ކުރާ މަސައްކަތްތައް ދަމަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޚާއްސަކޮށް ދުނިޔެ އަށް ދިމާވާ މިފަދަ ބަލިމަޑުކަމަކާ ގުޅުވައިގެން އެއްވެސް ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުނެގޭނެ ކަމަށް ވެސް އެޕަލް އިން ވަނީ ބުނެފަ އެވެ.