03 ޑިސެމްބަރ 2019
ރަޝިއާގައި "އެޕަލް މެޕްސް" ބޭނުންކުރާ ނަމަ، ކްރައިމިއާ އަކީ ރަޝިއާގެ ސަރަހައްދެއް ގޮތުގައި، އެޕަލް މެޕްސް އިން ދައްކާ ގޮތަށް ބަދަލުކޮށްފި އެވެ. ނަމަވެސް، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި މި ބަދަލެއް ނުފެންނާނެ އެވެ. އަދި ކްރައިމިއާ އަކީ ރަޝިއާ ސަރަހައްދެއް ގޮތުގައެއް ނުދައްކަ އެވެ.
ރަޝިއާގައި "އެޕަލް މެޕްސް" ބޭނުންކުރާ ނަމަ، ކްރައިމިއާ އަކީ ރަޝިއާގެ ސަރަހައްދެއް ގޮތުގައި، އެޕަލް މެޕްސް އިން ދައްކާ ގޮތަށް ބަދަލުކޮށްފި އެވެ. ނަމަވެސް، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި މި ބަދަލެއް ނުފެންނާނެ އެވެ. އަދި ކްރައިމިއާ އަކީ ރަޝިއާ ސަރަހައްދެއް ގޮތުގައެއް ނުދައްކަ އެވެ.
ކްރައިމިއާ ކުރިން އޮތީ ޔުކްރޭންގެ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް، ރަޝިއާ ސިފައިން ކްރައިމިއާ އަށް އަރައި، އެ ސަރަހައްދު ވަނީ ރަޝިއާ އަމުރު ހިނގާ ތަނަކަށް ހަދާފަ އެވެ. މިއީ އެމެރިކާ އަދި ޔޫރަޕުން ވަރަށް ރުޅިގަދަވި ކަމެކެވެ. ރަޝިއާގެ ބައެއްގެ ގޮތުގައި ކްރައިމިއާ ހެދި މައްސަލާގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އެޕަލް މެޕްސް އަށް މި ބަދަލު މި ގެނައީ، ރަޝިއާގައި ބޭނުންކުރާ، ސްމާޓްފޯން އެޕްލިކޭޝަން، ހާޑްވެއާ އަދި ކޮމްޕިއުޓާ އެޕްލިކޭޝަންތައް އުފައްދައި ވިއްކުމުގައި ރަޝިއާ އަށް އިސްކަންދޭން ޖެހޭ ގޮތަށް ގާނޫނެއް ފާސްކުރަން އުޅޭ ދަނޑިވަޅެއްގަ އެވެ. މި ގާނޫނުގެ މައިގަނޑަކަށް ވާނީ، ރަޝިއާގައި ބޭނުންކުރެވޭނީ އަމިއްލަވަންތަ ތަކެތި ކަމަށް ހެދުމެވެ.
ރަޝިއާ އިން ކިތަންމެ ވަރަކަށް އެދުނަސް، ކްރައިމިއާ އަކީ ރަޝިއާ ސަރަހައްދެއްގެ ގޮތުގައި ހަދައި އެޕަލް މެޕްސް އިން ދެއްކުމަކީ އެޕަލް އަށް ހަގީގަތުގައި ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެޕަލް އަކީ އެމެރިކާ ކުންފުންޏަކަށް ވެފައި، ކްރައިމިއާ މައްސަލާގައި އެމެރިކާ އޮތީ ރަޝިއާއާ ދެކޮޅަށް ކަމަށް ވާތީ އެވެ.
އެޕަލްގެ އުފެއްދުންތައް މުޅި ދުނިޔޭގައި ވިއްކާ ނަމަ، ބުއްދިވެރި ގޮތަކީ، އެ ގައުމެއްގެ ގަވާއިދުތަކަށް އުފެއްދުންތައް ފެއްތުން ކަމަށް ދެކޭ ކަމަށް އެޕަލް އިން ބުނެ އެވެ. އެޕަލް އަށް މިއީ ޗައިނާގައި ވެސް ކުރިމަތިވެފައި އޮތް މައްސަލައެކެވެ. ޗައިނާގައި އައިފޯން ވިއްކެން އޮތީ ސަރުކާރުން އެދޭހާ ބަދަލެއް ގެނެސްގެންނެވެ. އެ ނޫން ގޮތެއްގައި އެޕަލް އަށް ޖެހޭނީ ބިލިއަން ޑޮލަރުގެ ވިޔަފާރި ދޫކޮށްލާށެވެ.
ގޫގުލް އިން ދާދި ފަހުން ނެރުނު ސްމާޓްފޯން "ޕިކްސެލް 4" ގައި ރާޑަރު ޗިޕެއް ބޭނުންކޮށްފައި ވާތީ އިންޑިއާގައި މި ފޯނު ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އިންޑިއާގައި ޕިކްސެލް 4 ވިއްކަން އެދޭ ނަމަ، ގޫގުލް އަށް މަސައްކަތަކީ ރާޑަރު ޗިޕް ނުހިމަނައި ފޯނު އުފެއްދުމެވެ. ނޫން ނަމަ އިންޑިއާ އިން ގަބޫލުކުރާ ފެންވަރަކަށް، ރާޑަރު ޗިޕްގެ ބާރު ކަނޑުވާޅުމެވެ.
އެޕަލްގެ ސަބަބުން ވާދަވެރިންނަށް ފުރުސަތު ގެއްލޭ
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ
އައިއޯއެސް 13 އައިފޯންތަކަށް އައިއޯއެސް 14 ލިބިދާނެ
ނޮޓިފިކޭޝަނަކާ ހެދި އައިފޯން ކްރޭޝްވަނީ
ކޮވިޑް-19އާ ގުޅުން ހުރި އެޕްތައް އެޕަލް އިން ބަލަނީ
އެޕަލް އިން އައިފޯނުތަކަށް އޯލެޑް ރިޒާވްކުރަނީ
އައިފޯން 11 އަށް ލޮކޭޝަން ބޭނުންވާ ސަބަބު ބުނެދީފި
ޖޮނީ އައިވް އެޕަލް ދޫކޮށްލައިފި
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް