19 މެއި 2017
ގޫގުލް "އައިއޯ ކޮންފަރެންސް"ގައި ކޮންމެ އަހަރަކު ވެސް މޮޅު ވާހަކަތަކެއް ދައްކަ އެވެ. އާ އުފެއްދުންތައް އަދި ޑިވެލޮޕަރުންނަށް ގޫގުލް އިން ދޭ އިނާޔަތްކުގެ ވާހަކަ ވެސް ދައްކަ އެވެ. އެކަމަކު ގޫގުލް އިން މި އޮތީ ހީވެސް ނުކުރާ ކަހަލަ ކަމެއް ކޮށްފަ އެވެ؛ އައިފޯނުގައި "ގޫގުލް އެސިސްޓޭންޓް" ބޭނުންރެވޭ ގޮތް ހަދާފަ އެވެ.
ގޫގުލް "އައިއޯ ކޮންފަރެންސް"ގައި ކޮންމެ އަހަރަކު ވެސް މޮޅު ވާހަކަތަކެއް ދައްކަ އެވެ. އާ އުފެއްދުންތައް އަދި ޑިވެލޮޕަރުންނަށް ގޫގުލް އިން ދޭ އިނާޔަތްކުގެ ވާހަކަ ވެސް ދައްކަ އެވެ. އެކަމަކު ގޫގުލް އިން މި އޮތީ ހީވެސް ނުކުރާ ކަހަލަ ކަމެއް ކޮށްފަ އެވެ؛ އައިފޯނުގައި "ގޫގުލް އެސިސްޓޭންޓް" ބޭނުންރެވޭ ގޮތް ހަދާފަ އެވެ.
ބްލޫމްބާގް އޮންލައިންގައި ވެސް މި ވާހަކަތައް ކުރިން ދެއްކި އެވެ. އެކަމަކު މިހާ އަވަހަށް އެކަން ކޮށްފާނެ ކަމަށް ހިއެއް ނުކުރެވެ އެވެ. "އެންޑްރޮއިޑް ޕޮލިސް" އަށް ވެސް މި ޚަބަރު ވަނީ ލިބިފަ އެވެ. އެ މީހުންނަކީ ހަމަ އިވޭހާ ވާހަކައެއް ދައްކާ ބައެކެވެ. ދޮގު ތެދު ގަބޫލުކުރަން ދަތިވަނީ ވެސް އެހެންވެ އެވެ.
އެޕަލްގެ ޒާތީ އިމަށް ވަނުމަށް ގޫގުލް އަށް ފުރުސަތު ލިބުނު ގޮތާ މެދު ވެސް ކޮސްވެ އެވެ. އެޕަލް އަކީ ވަރަށް އަމިއްލަ އަމިއްލަ ބައެކެވެ. ފުއްދުންތެރި ކުންފުންޏެކެވެ. އައިފޯނަށް ވަދެގަތުމަށް ގޫގުލް އެސިސްޓޭންޓް އެ ވަނީ މަގު ހޯދާފަ އެވެ. އެކަން މިހާރު އެ އޮތީ ވެފަ އެވެ.
Starting today, we're bringing the #GoogleAssistant to iPhones. Whether at home or on the go, your Assistant is here to help. #io17 pic.twitter.com/a6T20HwnU9
— Google (@Google) May 17, 2017
ގޫގުލް އައިއޯ ކޮންފަރެންސްގައި ޚަބަރު އާންމުކުރުމަށް ކުރި ޓްވީޓް
އައިފޯނުގައި ގޫގުލް އެސިސްޓޭންޓް އަށް ހަރަކާތްތެރި ވެވޭ ދާއިރާތައް ވަނީ ކަނޑައެޅިފަ އެވެ. އެންޑްރޮއިޑްގައި ގޫގުލް އެސިސްޓެންޓް މަސައްކަތްކުރާ ގޮތަށް، ދާދި އެއް ފެންވަރެއްގައި މަސައްކަތްކުރެ އެވެ. އެކަމަކު އެޕްލިކޭޝަން ހިންގުމަށް ކުރު މަގެއް ނެތެވެ. "ޝޯޓްކަޓް"އެއް ނެެތެވެ. އައިފޯން ހޯމް ބަޓަން ބޭނުންކޮށްގެން ގޫގުލް އެސިސްޓޭންޓް ލޯޑެއް ނުކުރެވެ އެވެ. ގޫގުލުން އެސިސްޓޭންޓް ހިންގަން ޖެހެނީ ހަމަ އާދައިގެ އެޕްލިކޭޝަންތައް ފަދައިންނެވެ.
އެޕަލް ސިރީ އަދި ގޫގުލް އެސިސްޓެންޓް ކުރަނީ އެއް މަސައްކަތެވެ. އެކަމަކު ގޫގުލް އެސިސްޓެންޓްގެ ދާއިރާ، ސިރީ އަށް ވުރެ ފުޅަލެވެ. އައިފޯނަކީ ސިރީގެ އަމިއްލަ ގެދޮރަށް ވެފައި، ގޫގުލް އެސިސްޓެންޓް އުޅޭތޯ އަހާލުމުން ބުނާނެ އެއްޗެއް ވެސް ނޭނގެ އެވެ.
އައިއޯއެސް އަށް ގޫގުލް އެސިސްޓެންޓް ވަދެގަތުމުން ދޭހަވާ އެހެން މާނައެއް ވެސް އެބަ އޮތެވެ. "ޖެނެރަލް އިލެކްޓްރޯނިކްސް" އާ ދިމާ އަށް ގޫގުލް އެސިސްޓެންޓް ގެންދަން ގޫގުލުން ކުރާ މަސައްކަތްތަކެވެ.
ގޫގުލް އެސިސްޓޭންޓަކީ ކުރާ ސުވާލުތަކަށް ޖަވާބުދޭ އެޕްލިކޭޝަނެކެވެ. އައިފޯނުގައި ސިރީ މަސައްކަތްކުރާ ފަދައިންނެވެ. މީހެއްގެ ނަން ބުނެފައި ގުޅައިދިނުމަށް ނުވަތަ ކިޔައިދޭ މެސެޖެއް އަދި އީމެއިލެއް ފޮނުވައިދިނުމަށް އެދުމުން، އެ ކަމެއް ކޮށްދެ އެވެ.
ގޭބިސީތަކުގައި ބޭނުންކުރާ އަވަން، އައިސްއަލަމާރި އަދި ފަހާފޮށި ފަދަ އާލާތްތަކުގައި، ގޫގުލް އެސިސްޓޭންޓް ގާއިމުކުރުމުން ވާނެ ގޮތް ވިސްނާލާށެވެ. ބުނާ ކަމެއް، އެ އާލާތަކަށް ކުރެވޭ ނަމަ، ކޮށްދޭނެ އެވެ. ފޮތިގަނޑެއްގައި ފައްޗެއް ޖެހުން ކަމަށް ވި ނަމަވެސް އަދި ބޯކިބާ ފިހެވުމުން އަނގާލަދެއްޗޭ ބުންޏަސް، އެކަން ވެސް ކޮށްދޭނެ އެވެ.
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް
އެޕަލް އަދި ސެމްސަންގް ސީއައިއޭއަށް ދުލެއް ނުކުރާނެ
އެންޑްރޮއިޑް ފޯނުތަކަށް ހުރި އިޚްތިޔާރު އައިފޯނަށް ނެތީ ކީއްވެ؟
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
ނިންޓެންޑޯގެ "ޑރ. މާރިއޯ ވޯލްޑް" ހުއްޓާލަނީ
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން