28 ޖުލައި 2016
އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް ގިނަ އިޚްތިޔާރުތަކެއް އެޕަލް އަކުން ނުދެ އެވެ. ވާދަވެރިންނާ އަޅާކިޔާއިރު އެކަން އޮތީ އެ ގޮތަށެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހުރި ފުރުސަތުތައް އައިއޯއެސް ބޭނުންކުރާ މީހުންނަކަށް ނެތެވެ.
އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް ގިނަ އިޚްތިޔާރުތަކެއް އެޕަލް އަކުން ނުދެ އެވެ. ވާދަވެރިންނާ އަޅާކިޔާއިރު އެކަން އޮތީ އެ ގޮތަށެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހުރި ފުރުސަތުތައް އައިއޯއެސް ބޭނުންކުރާ މީހުންނަކަށް ނެތެވެ.
އައިފޯން ބޭނުންކުރާ މީހުންނަށް އިޚްތިޔާރު ނެތެއް ކަމަކު އެ ހުސްކަން އެ މީހުންނަށް އިހުސާސެއް ނުކުރެވެ އެވެ. އެ އަށް ވުރެ އައިއޯއެސް ޑިވައިސްތައް ފުރިހަމަ އެވެ. ބޭނުންވާނެ ހުރިހާ ފީޗާއެއް، އެޕްލިކޭޝަނެއް ލިބެން ހުރެ އެވެ.
އައިއޯއެސް ޑިވައިސްތަކަށް އެޕްލިކޭޝަން އުފެއްދުމަކީ އެންޑްރޮއިޑަށް އެޕްލިކޭޝަން އުފެއްދުމަށް ވުރެ އުނދަގޫ ކަމެކެވެ. އެޕަލް ނޫން ބަޔަކު އެޕްލިކޭޝަން އުފައްދާ ނަމަ، އެޕް ސްޓޯރާ ހަމަ އަށް ދެވެނީ ވަރަށް ހަރުކަށި މިންގަނޑަކުން ފުރޭނިގެންނެވެ.
އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް އިޚްތިޔާރު ނެތޭ ބުނެވެނީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުން އުފާކުރާ ފީޗާތައް ނެތުމުންނެވެ. ވަރަށް ފަހަކާ ޖެހެންދެން މެނުވީ އައިއޯއެސް އަށް ކީބޯޑެއް އުފެއްދުމަކީ އެޕަލް ނޫން ބަޔަކަށް ނެތް ފުރުސަތެކެވެ. އެޕަލް ނޫން ބަޔަކަށް ލޭންޑާއެއް ނުއުފެއްދެ އެވެ. ތޮށި ބަދަލުކޮށް، ކުލަ ބަދަލުކޮށް ނުހެދެ އެވެ. "ތާޑްޕާޓީ ސްލައިޑިން މެނިއޫ" ތަކަށް ފުރުސަތު ދީފާނެ ކަމަށް ބެލެވުނަސް، ފްލޯޓިން ވިޖެޓްތަކެއް އަދި ނެތެވެ.
ގޫގުލުން އެންޑްރޮއިޑަށް އުފައްދާ އެޕްލިކޭޝަންތަކަށް ވުރެ އައިއޯއެސް ޑިވައިސްތަކަށް އުފައްދާ އެޕްލިކޭޝަންތަކުގެ ފެންވަރު ރަނގަޅެވެ. މޮޒިއްލާއިން އައިއޯއެސް އަށް އުފެއްދި ފަޔާފޮކްސް އެންޑްރޮއިޑް ފަޔާފޮކްސް އަށް ވުރެ ދުވެލި ބާރެވެ. ރީތިވެފައި ތާހިރެވެ.
އެޕްލިކޭޝަން އުފެއްދުމުގައި އެޕަލުން ގެންގުޅޭ މިންގަނޑަށް ފެތެން ޑިވެލޮޕަރުން ކުރާ މަސައްކަތުން ނިކުންނަ ނަތީޖާ ވަރަށް އޮމާނެވެ. އެޕްލިކޭޝަންތައް ފަސޭހަ އެވެ. އައިފޯނަށް އެޅޭ އެޕްލިކޭޝަނެއްގެ ސަބަބުން އާދަޔާ ޚިލާފަށް ބެޓެރީ ހުލިވާތީ އުޅޭކަށް ނުޖެހެ އެވެ. ތާޑްޕާޓީ ފީޗާތަކަކަށް ބޭނުންޖެހި ފައިތަޅާ ރޯކަށް ނުޖެހެ އެވެ. މާނަ އަކީ އައިފޯނު ބޭނުންކުރާ މީހުންގެ ތެރޭގައި އެ ކަހަލަ ފީޗާތަކަށް އެދޭ މީހުން ނެތެކޭ ނޫނެވެ.
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް
ގޫގުލް އެސިސްޓެންޓް އައިފޯނަށް
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް
އެޕަލް އަދި ސެމްސަންގް ސީއައިއޭއަށް ދުލެއް ނުކުރާނެ
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
ނިންޓެންޑޯގެ "ޑރ. މާރިއޯ ވޯލްޑް" ހުއްޓާލަނީ
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން