13 އޯގަސްޓް 2017
މެންޗެސްޓާ (އޮގަސްޓް 13) – މެންޗެސްޓާ ޔުނައިޓެޑުން 75 މިލިއަން ޕައުންޑަށް ގަތް ފޯވާޑް ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން އާ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ހުވަފެނީ މޮޅެއް ހޯދައިފި އެވެ.
މެންޗެސްޓާ (އޮގަސްޓް 13) – މެންޗެސްޓާ ޔުނައިޓެޑުން 75 މިލިއަން ޕައުންޑަށް ގަތް ފޯވާޑް ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން އާ ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ހުވަފެނީ މޮޅެއް ހޯދައިފި އެވެ.
މިދިޔަ ސީޒަން ހަ ވަނައިގައި ނިންމާލި ޔުނައިޓެޑުން ލުކާކޫ އާއި ނިމަންޔާ މަޓިޗް އަދި ވިކްޓަ ލިންދެލޯފް ފަދަ ތަރިންނާ އެކު ލީގަށް އަމާޒުކޮށްގެން ނުކުތްއިރޔ މިރޭގެ މެޗުގައި އެ ޓީމު ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗު ފެށީއްސުރެ ހައި ޕްރެސިން ގޭމެއް ކުޅެމުން ދިޔަ ޔުނައިޓެޑަށް ލުކާކޫ ލީޑު ނަގައިދިނީ 33 ވަނަ މިނެޓުގަ އެވެ. އެކަމަކު މި ލަނޑުގެ ޝުކުރު އެންމެ ބޮޑަށް ހައްގުވަނީ ޗެލްސީން އެ ޓީމާ ގުޅުނު ހުނަރުވެރި ޑިފެންސިވް މިޑްފީލްޑަރު މަޓިޗަށެވެ. ވެސްޓް ހޭމުން އުފައްދަން މަސައްކަތްކުރި އެޓޭކިން ކުޅުމެއް މަޓިޗް ރޫޅާލައި މާކަސް ރަޝްފޯޑަށް ޖައްސާލި ބޯޅަ، އޭނާ ވަނީ ހުސްކޮށް އެރި ލުކާކޫ އަށް ދީފަ އެވެ. ބެލްޖިއަމް ފޯވާޑް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑް ފެނުނީ އިތުރަށް ވަރުގަދަކޮށެވެ. ވެސްޓް ހޭމުން ކުރިއަށް އަރަން މަސައްކަތްކުރި ކޮންމެ ބޯޅައެއް ކަހަލަ ގޮތަކަށް އަތުލައި ފުލުފުލުގައި ކުރިއަށް ބޯޅަތައް ލަމުން ދިޔަ އެވެ. އެގޮތުން 52 ވަނަ މިނެޓުގައި ހެންރިކް މިކިތާރްޔަން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ލުކާކޫ ވަނީ ޔުނައިޓެޑުގެ ދެ ވަނަ ގޯލް ޖަހައިދީފަ އެވެ. މިއީ ޕްރިމިއާ ލީގުގައި މީގެ ކުރިން ޗެލްސީ އާއި އެވަޓަން އަށް ކުޅެފައިވާ ލުކާކޫ ވެސްޓް ހޭމް ކޮޅަށް 11 މެޗުން ޖެހި 11 ވަނަ ގޯލެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ލުކާކޫ ތިން ވަނަ ގޯލް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ރަޝްފޯޑް ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ބާރު ބޯޅަ ވެސްޓް ގޭމުގެ ޕަބްލޯ ޒަބަލެޓާ ވަނީ ބްލްކޮށްފަ އެވެ.
އޭގެ ފަހުން 66 ވަނަ މިނެޓުގައި ރަޝްފޯޑް ފޮނުވާލި ހަމަލައެއް އިނގިރޭސި ގައުމީ ޓީމުގެ ގޯލްކީޕަރު ޖޯ ހާޓް ބަލަހައްޓަމުން ދިޔަ ވެސްޓް ހޭމުގެ ގޯލް ދަނޑީގައި ޖެހުނުއިރު 71 ވަނަ މިނެޓުގައި އެންޓޯނިއޯ ވެލެންސިއާ ނެގި ހުރަހަކުން ޑެނީ ބްލިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑީގައި ކޭއްތިލާފައި ގޮތަކަށް ބޭރަށެވެ.
ޔުނައިޓެޑުގެ ތިން ވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއާ އެންތަނީ މާޝިއާލް އެވެ. މިކިތާރިޔަން ޖައްސާލި ބޯޅަ އޭނާ ވަނީ އޭރިއާ ތެރެއިން ހުސްކޮށް އަރައި ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.
އެ ޓީމަށް މި މޮޅު އިތުރަށް ފުރިހަމަވީ 90 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ވައްދާލި ލަނޑުންނެވެ. މަޓިޗް ދިން ބޯޅައެއް މާޝިއާލް، ހުސްކޮށްލާފައި ޕޮގްބާ އަށް ދިނުމުން އޭނާ ވަނީ ބާރު ޝޮޓަކުން އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
މިއަދު ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ނިއުކާސަލްގެ ޖޮންޖޯ ޝެލްވޭ އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން ބާކީ ބައި ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ. ޓޮޓެންހަމަށް 61 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޑެލޭ އާލީ އެވެ. އަދި 70 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖަހައިދިނީ ބެންޖަމިން ޑަވީސް އެވެ.
ލުކާކޫ ވަރުބަލިވެއްޖެ: މޮރީނިއޯ
ލުކާކޫގެ މައްސަލަ ނުބަލަން ނިންމައިފި
"އިބްރަހިމޮވިޗް ހުރުމަކީ ލުކާކޫ އަށް ކަންބޮޑުވުމެއް"
ލުކާކޫ - ރޫނީ އަށް ހާއްސަ މެޗުން ކުރިހޯދީ ޔުނައިޓެޑް
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
"ސިޓީ ބަލިކުރި މެޗުގެ ތަރިއަށް ފަރުވާތެރިވާން ޖެހޭ"
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު