30 ޑިސެމްބަރ 2017
މެންޗެސްޓާ (ޑިސެމްބަރު 30) – މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަރުބަލިވެފައިވާ ކަމަށާއި އެކަަމަކު އޭނާ އަށް އަރާމުކުރަން ފުރުސަތު ދީގެން ފަރުޖެހެން ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 30) – މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަރުބަލިވެފައިވާ ކަމަށާއި އެކަަމަކު އޭނާ އަށް އަރާމުކުރަން ފުރުސަތު ދީގެން ފަރުޖެހެން ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އެވަޓަން އިން މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު އުމުރުން 24 އަހަރުގެ ފޯވަޑް ވަނީ އެ ޓީމުން މި ފަހަރު ޕްރިމިއާ ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ފުލްކޮށްކުޅެފަ އެވެ.
ލުކާކޫ ވަނީ ސީޒަނުގެ ފުރަތަމަ 10 މެޗުން 11 ގޯލް ޖަހައިފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު 19 މެޗުން ޖެހުނީ ހަތަރު ގޯލެވެ.
"އޭނާ ހުރީ ވަރުބަލިވެފައި. އޭނާ އަކީ ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިޔެެއް، އެކަމަކު މެޝިނެއް ނޫން. (ވަރުބަލިކަމުގެ) އިހުސާސް އޭނާ އަށް ކުރެވޭ،" މޮރީނިއޯ ބުންނެވެ. "އަހަންނަށް އޭނާ ވަރަށް ކަމުދޭ އެކަމަކު ނޫން، އަހަންނަށް އޭނާ އަށް އަރާމުކުރަން ފުުރުސަތެއް ނުދެވޭނެ."
ލުކާކޫ އަތުން ހެދުނު ބައެއް ގޯސްތަކުގެ ފައިދާ ނަގައި އިދިކޮޅު ޓީމުތަކުން ވަނީ ފަހަކަށް އައިސް ގޯލް ވެސް ޖަހައިފަ އެވެ. އެކަމަކު މޮރީނިއޯ ވަނީ ލުކާކޫ އަށް ފާޑުކިޔަން ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ ގޯސްތައް ހެދެނީ ވަރުބަލިކަން ބޮޑުވުުމުން ކަމަށް ވެދާނެ ކަމަށެވެ.
ޒަލަޓާން އިބްރަހިމޮވިޗް ފިޓްވެެގެން އެނބުރި އައުމާ އެކު ލުކާކޫ އަށް ފުރުސަތު ގެއްލިދާނެ ކަމަށް ވެސް ބެލެވުނެވެ. އެކަމަކު އަދި އިބްރަހިމޮވިޗް މުޅިން ފޯމަކަށް ނޭޅެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި އަމިއްލަ ދަނޑުގައި މިރޭ ރާއްޖެ ގަޑިން 10:30 ގައި ނުކުންނާނީ ސައުތުހެމްޓަންއާ ދެކޮޅަށެވެ.
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ
"ޓޮޓެންހަމަށް ޔުނައިޓެޑް ފަަހަތަށް ޖައްސައިލެވިދާނެ"
މޮރީނިއޯ ޔުނައިޓެޑްގައި ހުރީ އުފަލުން: އޭޖެންޓް
ގަދަ ހަތަރަކާ މެދު މޮރީނިއޯގެ ރާގު ބަދަލުވެއްޖެ
ސިޓީއާ ދެމެދު އޮތް ފަރަގާ މެދު ނުވިސްނަން: މޮރީނިއޯ
"ލީގަށް ވާދަކުރުމުގެ ވާހަކަ ދައްކާ ވަގުތު ނުޖެހޭ"
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، މޮރީނިއޯ ހާހެއް ނުވޭ
މެޗުން ބަލިވުމުން މޮރީނިއޯގެ ފާޑުކިޔުން މީޑިއާ އަށް
މީޑިއާގެ ސުވާލުތަކަށް މޮރީނިއޯ ދިނީ ނުސީދާ ޖަވާބުތަކެއް
ލިވަޕޫލުން އުޅެނީ ލީގު ވެސް ގަންނަން: މޮރީނިއޯ